މިއީ ތާރީހުގައިވެސް އެންމެ ބޮޑު ވޯލްޑް ކަޕެވެ. 104 މެޗުގެ ވޯލްޑް ކަޕެކެވެ. 48 ޓީމުގެ ކަންކަން އިންތިޒާމުކުރުމުގެ މަސައްކަތް އޮތީ ހޯސްޓް ތިން ގައުމުގެ އަތް މައްޗަށް ދޫކުރެވިފައެވެ. އެމެރިކާއާއި ކެނެޑާ އަދި މެކްސިކޯއަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ދަނޑިވަޅަކީ ތިން ގައުމަށްވެސް ޓެސްޓެކެވެ. މި ތިން ގައުމުގެ 16 ސިޓީއެއްގައި މެޗުތައް ހޯސްޓް ކުރާއިރު އެތައް ގޮންޖެހުމެއް އެބަހުއްޓެވެ. ސަލާމަތީ ކަންކަމުން ގޮސް މޫސުމާއި ދަނޑު ބޭރުގެ އެތައް ސިޔާސީ ކަންކަމެކެވެ. މިއީ ފަހަކަށް އައިސް ފެންނާނެ އެންމެ ގޮންޖެހުން ބޮޑު، ހުރަސްތައް ގިނަ ވޯލްޑް ކަޕެވެ.
ސަލާމަތީ ކަންކަމުގެ މާހިރުންގެ ނަޒަރުގައި 48 ޓީމުގެ ކަންކަމުން ފެށިގެން ގޮސް، ދަތުރުފަތުރުގެ ނިޒާމާއި މިލިއަނުން ޒަޔާރަތްކުރާ ފަތުރުވެރިންގެ ކަންކަމަށް، ރައްކާތެރިކަމުގެ ގޮންޖެުހުން ގިނައެވެ. ތިން ގައުމުގެ ބޮޑެތި ފޭން ޒޯންތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް ޗެލެންޖާއި، ސަޕޯޓަރުން އެއް މެޗުން އަނެއް މެޗަށް ބޯޑަރު ހުރަސްކުރާއިރު ބަލާން ޖެހޭ ކަންކަން ބައިވަރެވެ.
އެމެރިކާއަކީ މުބާރާތުގެ އެންމެ ބޮޑު ހޯސްޓަށްވީ އިރު، އެގައުމަކީ ދުނިޔޭގެ ސިޔާސީ ކަންކަމުގައި އަނގަވެސް ގަދަ ގައުމެކެވެ. މި ހާލަތުގެ ހިޔަނި ވޯލްޑް ކަޕަށްވެސް އޮތީ އެޅިފައެވެ. އެމެރިކާއިން ވޯލްޑް ކަޕްގެ ސަލާމަތީ ކަންކަމަށް ހޭދަކުރާ މިންވަރު ކުޑަވުމުގެ ސަބަބުންވެސް ބޮޑެތި ގޯސްތަކެއް ހިނގައިފާނެ ކަމަށް މާހިރުން ލަފާކުރެއެވެ. ހާއްސަކޮށް ދަނޑު ބޭރުން ކުރާ މުޒާހަރާތަކާއި ސައިބަ އެޓޭކުގެ ބިރުގެ އިތުރުން ނިރުބަވެރި ހަމަލާއެއްގެ ބިރު، އެމެރިކާ އަދި މެކްސިކޯއަށްވެސް އެބައޮތެވެ.
އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯއިންވެސް ދަނޑުތަކުގެ ބޭރުގައި ސެކިއުރިޓީ ޒޯންތައް ގާއިމުކޮށް، ހޮޓާތަކުގެ ކައިރީގައިވެސް ސިފައިން ހަރަކާތްތެރިކުރުވުމަށް ނިންމާފައި ވަނީ ގައުމުތަކުގެ ދާހިލީ ހަމަނުޖެހުންވެސް އޮތުމުންނެވެ. އެހެންކަމުން މިއީ ސަލާމަތީ ގޮތުން ހައި ރިސްކް ވޯލްޑް ކަޕެކެވެ.
ކުޅެން އެކަށީގެންނުވާވަރަށް ހޫނު ގަދަ!
ހޫނުމިން ނުރައްކާވެދާނެ ކަމަށް ބެލުމަށް ސައިންސްވެރިން ބޭނުންކުރާ އިންޑިކޭޓަރަކީ ވެޓް ބަލްބް ގްލޯބް ޓެމްޕަރޭޗާއެވެ. އެއީ ހޫނުމިނާއި ވައިގެ ތެތްކަމުގެ އިތުރުން އިރުގެ އަސަރު އަދި ވައިގެ މައްޗަށް ބިނާވާ މިންގަނޑެވެ. އެތައް ދިރާސާއަކުން ބުނަނީ އެމެރިކާގައި ގިނަ މެޗުތައް ކުޅޭއިރު ކުޅުންތެރިންނަށް ގެއްލުންވާ ވަރަށް ހޫނުވެދާނެ ކަމަށެވެ. ހާއްސަކޮށް މިއާމީ، ކެންސަސް ސިޓީ، މޮންޓެރޭ އަދި ފިލަޑެލްފިއާގައި ބައެއް މެޗުތައް ކުރިއަށްދާ އިރު، އިހުސާސްކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްޝިއަސްއަށް އަރާނެ ކަމަށެވެ. ހީޓްވޭވްގެ އަސަރުވެސް ކޮށްފާނެއެވެ.
ހޫނުގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާވުން ބޮޑުވެ، ސަޕޯޓަރުންގެ ސިއްހީ ހާލަތަށް ވެސް ނުރައްކާ ވާނެކަމަށް ލަފާކޮށްފައިވެއެވެ. ކުޅުންތެރިންނަށް ޑީހައިޑްރޭޝަނާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ލަފާކުރުންތައް ބުނެއެވެ.
މި ކަންކަމުގެ ހައްލަކަށް ފީފާއިން ކުރި މަސައްކަތުގައި ހޯސްޓް ގައުމުތަކަށް މާބޮޑު ކުރިއެރުމެއް ނުހޯދެއެވެ. ހައިޑްރޭޝަން ބްރޭކްތައް ކުރުކޮށް ދޭން ނިންމާފައިވާ އިރު، ބައެއް ސްޓޭޑިއަމްތަކުގައި ބެންޗުތަކަށް ރަނގަޅަށް ފިނިކުރެވޭނެ ގޮތް ހަދަން ނިންމާފައިވެއެވެ. ސިއްހީ ހާލަތަކަށް ޓީމުތައް ތައްޔާރުކުރަން ފީފާއިން ނިންމާފައިވެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް