ޗައިނާގެ ކްރޫޒް ލައިނާއެއް ފުރަތަމަ ފަހަރަށް ރާއްޖެ އަންނަން ހަމަޖެހިއްޖެއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން ބުނީ ޗައިނާގެ މި ކްރޫޒް ލައިނާ ރާއްޖެ އަންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 7:00 ޖަހާއިރު ކަމަށެވެ. އަދި އެ ދުވަހުގެ އިރުއޮއްސި 6 ޖަހާއިރު ރާއްޖެއިން ފުރުމަށް ތާވަލުކޮށްފައިވާ މި ކްރޫޒް ލައިނާއަށް މަރުހަބާ ކިޔުމަށްޓަކައި ހާއްސަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
މާޔާއިން ބުނި ގޮތުގައި ޗައިނާގެ ކްރޫޒް ލައިނާއެއް ރާއްޖެ އައުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ބޮޑު ކާމިޔާބީއެކެވެ. އަދި ޗައިނާގެ ފަތުރުވެރިންނަށް ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކާލުމަށް ރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް މާޔާއިން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް 14،000 އަށް ވުރެ ގިނަ ފަތުރުވެރިން ކްރޫޒް ލައިނާތަކުން ރާއްޖެ އައިސްފައިވެއެވެ.
ޗައިނާ އަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ޗައިނާ އިން 149،207 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
އަލީ ޔާމިން
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ