ހިޔާ ޓަވަރުން ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރަން އެޗްޑީސީން މިއަދު ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނުގައި ބުނީ 10 ވަނަ ޓަވަރާއި 12 ވަނަ ޓަވަރުގެ ކޮމާޝަލް ޔުނިޓަށް އަންނަ މަހުގެ 1 ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.

އެ ކުންފުނިން ކޮމާޝަލް ޔުނިޓްތަކަށް އެތަންތަން ދޫކުރަން ހުޅުވާލާފައި މިވަނީ އެގްރިމެންޓު ހަމަވުމުންނެވެ.

އެތަންތަނުގައި މިހާރު ހިންގަނީ ފިހާރަތަކާއި ރެސްޓޯރެންޓްތަކެވެ.

އެޗްޑީސީން 12 ވަނަ ޓަވަރުގައި ހަދަން ދީފައިވަނީ ފިހާރައަކާއި ކެފޭއަކާއި ކްލިނިކަކާއި ޖިމެއް ނުވަތަ ފާމަސީއެކެވެ. ދިހަ ވަނަ ޓަވަރުގައި ހަދަން ދީފައިވަނީ ފިހާރައަކާއި ކެފޭއަކާއި ކްލިނިކް ނުވަތަ ޖިމެކެވެ.