އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެ ޓަވަރުތަކުގެ ކުޑަދޮރުތައް ހަތަރު އިންޗިއަށް ހުޅުވޭގޮތަށް ބަދަލުކޮށްފިއެވެ.
އެފްޑީސީން މިއަދު ބުނީ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ކޯޕަރޭޝަނުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ޓަވަރުތަކުގެ ކުޑަދޮރުތައް ވަކިވަރަކަށް ހުޅުވޭގޮތަށް އެޖެސްޓް ކުރަން ފަށާފައިވާ ކަމަށެވެ.
"ކުރީގައި އެ ކުޑަދޮރުތައް ހުލުވޭނީ 55 އިންޗިއަށް މިހާރު ހުލުވޭނީ ހަތަރު އިންޗިއަށް. ހަތަރު އިންޗިއަށް ދޮރުތައް ހުޅުވުނު ކަމަށްވީ ނަމަވެސް އެ ޓަވަރުތަކުގައި އުޅޭ އެެއްވެސް ފަރާތަކަށް ވެންޓިލޭޝަންގެ ދަތިކަމެއް ނާންނާނެ،" އެފްޑީސީން ބުންޏެވެ.
އެފްޑީސީން ފާހަގަކުރާގޮތުގައި އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އުޅޭއިރު އެއީ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ޓަވަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން އެފްޑީސީން ކުރިއަށްގެންދާ އިރު، ހާއްސަ އެހީއަށް ބޭނުންވާ ކުދިން އުޅޭ ގެތަކުގެ ބެލްކަނިތައް 1.4 މީޓަރަށް އުސްކޮށްދިނުމާއި ސީރިއަސް ބަލިތަކުގެ މީހުން ދިރިއުޅޭ ގެތަކުން ބޭނުންވާ ނަމަ، އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ބެލްކަނި އެއްކޮށް ބަންދުކޮށްދިނުމުގެ މަސައްކަތް ވެސް ކޮށްދޭން ވަނީ ނިންމައިފައެވެ.
އެޗްޑީސީން ވެސް ދަނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި ހުރި ފްލެޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރުމާއި ބެލްކަނިތައް 1.4 މީޓަރަށް އުސްކޮށްދިނުމުގެ މަސައްކަތްކޮށްދޭން އެ ކޯޕަރޭޝަނުން ވަނީ ނިންމައިފައެވެ. އަދި އެ މަސައްކަތުގެ ދަށުން ހިޔާ ޓަވަރުތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުމުގެ މަސައްކަތް އެޗްޑީސީން އިއްޔެ ވަނީ ފަށައިފިއެވެ.
ފާތިމަތު ލިއުޝާ
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ކޮމެންޓް