މިވަގުތު ދުނިޔޭގައި ހުރި އެންމެ ފޯމު ރަނގަޅު އެއް ވިންގް ބެކް، ޖޫރިއެން ޓިމްބާއަށް އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ގެއްލޭނެ ކަމަށް ނެދަލޭންޑްސްއިން ބުނެފިއެވެ.
ނެދަލޭންޑްސްގެ ފެޑަރޭޝަނުން ބުނީ އުމުރުން 24 އަހަރުގެ ޓިމްބާގެ އުކުޅުވަޅަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ އަނިޔާއިން ރަނގަޅުވުމަށް މިހާރު ރިކަވަރީ ފެށި ނަމަވެސް މުބާރާތުގައި ކުޅެވޭ ވަރަށްވުރެ އަނިޔާ ސީރިއަސް ކަމަށްވެސް ނެދަލޭންޑްސްއިން ބުނެފައިވެއެވެ.
އާސެނަލާއެކު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރި ޓިމްބާއަކީ އެޓީމަށްވެސް މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. ސީޒަނުގައި 30 މެޗު ޓިމްބާ ކުޅެފައިވާ އިރު، ސީޒަނުގެ ފަހުކޮޅުގައިވެސް އޭނާއަށް އަނިޔާގެ މައްސަލަތައް ދިމާވެފައިވެއެވެ.
އޭގެ ސަބަބުން ބައެއް މުހިއްމު މެޗުތައް ގެއްލިފައިވާ އިރު، ޗެމްޕިއަންސް ލީގު ފައިނަލުގައިވެސް ޓިމްބާ ކުޅުނީ 54 މިނެޓުގައެވެ.
ޓިމްބާގެ އަނިޔާއާއެކު ނެދަލޭންޑްސް ކޯޗު ރޮނާލްޑް ކޫމަންއަށް އުނދަގޫތަކަކާ ކުރިމަތިވާނެއެވެ. އޭނާގެ ޑިފެންސިވް ޕްލޭންގައި އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ގެއްލުމާއެކު އަލުން ސްކޮޑަށް ނެގީ ސަންޑަލޭންޑްގެ ލުޓްޝަރެލް ގީރްޓްރުއިޑާއެވެ.
ނެދަލޭންޑްސް މިފަހަރު ވޯލްޑް ކަޕްގައި ހިމެނެނީ ގްރޫޕް އެފްގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ޖަޕާނާއި ސްވިޑެން އަދި ޓިއުނީޝިއާއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026