ރާއްޖެ އައި ބޯޓެއްގައި މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން 36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ އައި ބޯޓަކުން ގެނައި މުދާ ޝިޕްމެންޓެއްގެ ތެރެއިން 36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް އެ މައްސަލައާ ގުޅިގެން އޭރު ދެ ދިވެއްސަކު ހައްޔަރު ކުރިއެވެ. އެއީ ހަސަން މަފާޒު، މަދާރުގެ، މ. މުލައް އަދި ވިޝާމް މުހައްމަދު، ހ. ފިލްމީސައިޓް އެވެ.

އެ މީހުން ހައްޔަރުކުރީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

އެ މީހުން ހައްޔަރުކުރިތާ ހަތަރު މަސް ފަހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ މައްސަލާގައި ހައްޔަރުކުރީ ޕާކިސްތާނު މީހެއް ކަމަށްވާ، ޒަފަރް އަހްމަދު 51އ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އުޅޭ އެ މީހާއަކީ، ރާއްޖެއަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ އިސް މާހެކެވެ. އަދި އޭނާއަކީ ޑްރަގް އެތެރެކުރުމުގައި އިސްކޮށް ހުރި ފަރާތްކަކަށް ވަނީ ތުހުމަތުކޮށްފައެވެ.