ޓީމުތަކުން ގައުމީ ސަލާން ކިޔުމަށް ހުއްޓޭ ގޮތަށް ބޮޑު ބަދަލެއް ގެންނަން ފީފާއިން ނިންމައިފިއެވެ.

މިމަހު 11 ވަނަ ދުވަހު އެމެރިކާ، ކެނެޑާގެ އިތުރުން މެކްސިކޯގައި ކުރިއަށްދާ ވޯލްޑް ކަޕާ ދިމާކޮށް ފީފާއިން އިއުލާނު ކޮށްފައި ވަނީ ޒަމާންވީ ގައުމީ ސަލާމުގެ އެތުރުން އެއްކޮށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ގައުމީ ސަލާން ކިޔާ ވަގުތު، ޓީމުތަކުގެ ބެންޗުގައި ތިބޭ ކުޅުންތެރިންނާއި ކޯޗުވެސް ހިމެނޭހެން ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިން ސެންޓަ ސާކަލް ކައިރީ ވަށް ބުރެއްގައި އެތުރޭ ގޮތަކަށެވެ.

އޭގެ އިތުރުން ފީފާއިން ނިންމާފައި ވަނީ ގައުމީ ސަލާން ކިޔާ ވަގުތު، ދަނޑުގައި ދެގައުމުގެވެސް ދިދަ ބޮޑުކޮށް ފެންނަ ގޮތަށް ބޭނުންކުރުމަށެވެ. އެގޮތަށް ކުޅުންތެރިން އެތުރި ތިބޭ މަންޒަރު ދައްކުވައިދޭ އޭއައި ޖެނެރޭޓެޑް ފޮޓޯތަކެއްވެސް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ހިއްސާ ކުރައްވައިފައެވެ.

އިންފަންޓީނޯ ވިދާޅުވީ އެއް ޓީމެއްގެ ކުޅުންތެރިން އަނެއް ޓީމުގެ ކުޅުންތެރިންނަށް ކުރިމަތި ޖަހައިގެން ރެފްރީންވެސް ފެންނަ ގޮތަށް ތިބުމުން އޭގެ ސަބަބުން އެކުވެރިކަމަށް ދެވޭ މެސެޖު ބޮޑުވާނެ ކަމަށެވެ. އަދި ބޮޑެތި ދިދައާއެކު ގައުމީ ސަލާން ކިޔުން ވެގެންދާނީ ހުރިޙާ ސަޕޯޓަރުންނަށްވެސް ގައުމީ ސަލާމުގެ ހާއްސަކަން އިތުރުވެގެންދާނެ ކަމަކަށް ކަމަށްވެސް އިންފަންޓީނޯ ފާހަގަކުރައްވާފައިވެއެވެ.