އިރާގުގެ ފޯވަޑް އައިމަން ހުސައިން، އެމެރިކާއަށް އެތެރެ ނުވެވި، ސުވާލުކުރުމަށް ހަތް ގަޑިއިރު މަޑުކުރަން ޖެހުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިރާގުން އިއްޔެ އެމެރިކާއަށް ދަތުރުކޮށްފައިވާ އިރު، އައިމަންއާ ސުވާލުކުރުމަށް މަޑުކުރުވީ ޗިކާގޯގެ އޯހާރޭ އެއާޕޯޓްގައެވެ. އެކަން ހާމަވެފައި ވަނީ އިރާގު ޓީމުގެ ކަންކަން ގާތުން ބަލަމުން އަންނަ އިސް އޮފިޝަލެއްގެ ފަރާތުންނެވެ. ރޮއިޓާސްއިން ބުނީ އެ ނޫހަށް މައުލޫމާތު ދީފައި ވަނީ އިރާގުގެ އޮލިމްޕިކް ކޮމިޓީގައި މަސައްކަތް ކުރަމުން އަންނަ ފަރާތަކުން ކަމަށެވެ.
ރޮއިޓާސްއިން ބުނީ އައިމަން މަޑުކުރުވުމަށްފަހު އެތައް އިރެއް ވާންދެން ސުވާލުކޮށް އެމެރިކާއަށް ވައްދާފައިވީ ނަމަވެސް ޓީމުގެ ފޮޓޯގްރަފަރަށް އެމެރިކާއަށް އެތެރެ ވެވިފައި ނުވާ ކަމަށެވެ. އެކަމުގައި އެމެރިކާގެ އިމިގްރޭޝަން އަދި ސަރުކާރުންވެސް އަދި ވަކި އެއްޗެއް ބުނެފައި ނުވާ އިރު، އިރާގުގެ ޓީމުންވެސް ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ރޮއިޓާސްއިން އިރާގުގެ އޮލިމްޕިކް ކޮމިޓީގެ އޮފިޝަލާ ހަވާލާ ދީ ބުނެފައި ވަނީ އެމެރިކާ އިމިގްރޭޝަނުން ޗެކް ކޮށްފައި ވަނީ އައިމަންގެ ފޯނު ކަމަށެވެ. ފޮޓޯގްރަފަރު ތަލާލް ސަލާހްގެ ފޯނުވެސް ހިފަހައްޓައި، 10 ގަޑިއިރު ޗެކް ކުރުމަށްފަހު އޭނާ އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.
އިރާގުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނާނީ 40 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
އިރާގުގެ ފޯވަޑް އައިމަން، 30، އަކީ އެޓީމަށް މުހިއްމު ކުޅުންތެރިއެކެވެ. އިރާގުން ގްރޫޕް ސްޓޭޖުގައި ވާދަކުރަން ޖެހޭނީ ފްރާންސް، ސެނެގާލް އަދި ނޯވޭއާ ދެކޮޅަށެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026