އަނިޔާގެ ސަބަބުން ޖަރުމަނުގެ ޒުވާން މިޑްފީލްޑަރު ލެނާޓް ކާލްއަށް ވޯލްޑް ކަޕް 2026 ގެއްލިފައިވާ ކަމަށް ކޯޗު ޖޫލިއަން ނަގެލްސްމަން ބުނެފިއެވެ.
ބަޔާން މިއުނިކަށް ކުޅެމުންދާ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ކާލްއަށް އަނިޔާވީ ޖަރުމަނުގެ ތަމްރީނުތަކުގެ ތެރެއިންނެވެ. ހުކުރު ދުވަހު އޭނާ ފައިގެ މަސްގަނޑެއް އިރައިގެން ދިޔުމުގެ ސަބަބުން ޗިކާގޯގެ ހޮސްޕިޓަލަށް ގެންގޮސް ސްކޭންތައް ހަދާފައިވެއެވެ. ޖަރުމަނުން ނިންމާފައި ވަނީ ކާލްގެ ބަދަލުގައި އަސާން އޯޑްރޮއޯގޯ ސްކޮޑަށް ނެގުމަށެވެ.
ނަގެލްސްމަން ބުނީ ކާލްއަށް ފަހުވަގުތު ލިބުނު އަނިޔާއަކީ ހިތްދަތިކަމެއް ކަމަށާއި، އޭނާގެ ހުނަރުވެރިކަން ޓީމަށް ބޭނުންވި ކަމަށެވެ. ހާއްސަކޮށް އޭނާއަކީ ޖަރުމަނު ޓީމަށް ބަރާބަރަށް ފިޓްވާ ކުޅުންތެރިއެއް ކަމަށްވެސް ނަގެލްސްމަން ބުންޏެވެ.
ކޯޗު އިތުރަށް ބުނީ ވޯލްޑް ކަޕް ގެއްލުން އެއީ ކާލްއަށް ޝޮކެއް ލިބުނު ހަބަެެއް ކަމަށާއި، ގައުމީ ޓީމާއެކު އޭނާ ދިޔައީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ނަގެލްސްމަން ވަނީ ކާލްގެ ބަދަލުގައި ނެގި އަސާންއަށް ތައުރީފުވެސް ކޮށްފައެވެ. އޭނާ ބުނީ އަސާންއަކީވެސް ކާލްގެ ހުނަރުވެރިކަން ހުރި ކުޅުންތެރިއެއް ކަމަށެވެ.
މިހާތަނަށް ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނުން މަސައްކަތް ކުރަމުން ދިޔައީ މިދިޔަ ދެ ވޯލްޑް ކަޕްގެ ހިތާމަ ހަނދާން ނައްތާލުމަށެވެ. 2018 ވަނަ އަހަރާއި 2022 ވަނަ އަހަރު ވޯލްޑް ކަޕުން ޖަރުމަނު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026