ވެބްސައިޓް މައްސަލައެއްގެ ސަބަބުން ހިލޭ ދެވުނު ޓިކެޓްތައް ކެންސަލްކޮށް، އަލުން އަގު ދީފައި ގަންނަން ފީފާއިން އެ ސްޕޯޓަރުންނަށް އަންގައިފިއެވެ.
ފީފާގެ ވެބްސައިޓަށް ދިމާވި މައްސަލައެއްގެ ސަބަބުން 60 ސަޕޯޓަރަކުން އޮޅިގެން ހިލޭ ޓިކެޓް ދެވިފައިވެއެވެ. އެއީ ސައިޓުން ފައިސާ ދައްކާ ބަޔަށް ދިޔަ ވަގުތު ޖުމުލަ އަރާ ވަރަކީ ސުމެއް ކަމަށް އިނުމުން، އެހިސާބުން ޓިކެޓް ނެގުނު ބައެއް ސަޕޯޓަރުންނެވެ.
ފީފާއިން މިއަދު ބުނީ އެ ސަޕޯޓަރުންނަށް މިދިޔަ ބުދަ ދުވަހު އެކަން އަންގާފައިވާ ކަމަށެވެ. އަދި އެ ސަޕޯޓަރުން ނަގާފައިވާ ޓިކެޓްތައް އެހެން ބަޔަކަށް ނުވިއްކާ މިވަގުތު ރިޒާވް ކޮށްފައިވާ ކަމަށާއި، އެ ޓިކެޓްތަކަށް ފައިސާ ދެއްކުމުން ރިލީސް ކުރެވޭނެ ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ.
މިފަހަރު ވޯލްޑް ކަޕްގެ ޓިކެޓިންނަށް ގިނަ ޝަކުވާތަކެއް އައިސްފައިވެއެވެ. އެގޮތުން ޑައިނަމިކް ޕްރައިސިންގައި ޓިކެޓް އަގުކުރުމުން، އަގު މާބޮޑަށް އުފުލުމުގެ ޝަކުވާ އައިސްފައިވެއެވެ. އަދި އޭގެ އިތުރުން ޓިކެޓް ވިއްކުމުގައި ސިއްރު ކަންކަން މާބޮޑު ކަމަށް ބުނެވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ.
އެމެރިކާ، ކެނެޑާގެ އިތުރުން މެކްސިކޯގައި ފަށާ ވޯލްޑް ކަޕަށް ގާތްގަނޑަކަށް ހައެއްކަ ދުވަހަށްވެފައިވާ އިރު، ބައެއް ޓީމުތަކަށް ވިސާގެ މައްސަލައާވެސް ވަނީ ކުރިމަތިވެފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026