ފީފާއިން އެންމެ ފަހުވަގުތު ސްޓޭޑިއަމްތަކުގެ ހާއްސަ އުސޫލުތަކަށް ގެނައި ބަދަލަކާއެކު ވޯލްޑް ކަޕް މެޗުތައް ބަލަން ދާ ސަޕޯޓަރުންނަށް ރިޔޫސެބަލް ފްލާސްޓިކް ފުޅީގެ އިތުރުން އަޑު ގަދަކުރަން ބޭނުންކުރާ ވުވުޒެލާވެސް ދަނޑަށް ވެއްދުން މަނާކޮށްފިއެވެ.
އޭގެ އިތުރުން ފީފާއިން ބުނީ ފެން ބޯން ބޭނުންކުރާ އަމިއްލަ ތަށިވެސް ދަނޑަށް ނުވެއްދޭނެ ކަމަށެވެ. މީގެ ކުރިން އެ ސަރަހައްދުގައި ބޭނުންކުރާ ސްޕޮންސަރުންގެ ފުޅި އަދި ފެންބޯ ތަށި ފިޔަވާ އެހެން އެއްވެސް ފުޅިއެއް ސަޕޯޓަރުންނަށް މެޗު ބަލަންދާ އިރު ސީޓާ ހަމައަކަށް ނުގެންދެވެއެވެ. އެހެން ނަމަވެސް މިފަހަރު ފީފާއިން ނިންމީ ސްޕޮންސަރުންގެ ފުޅިވެސް ނުވެއްދޭނެ ކަމަށެވެ.
ފީފާއިން ބުނީ އެ ނިންމުން ނިންމީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ރެފްރީންގެވެސް ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.
ފީފާއިން އެހެން ނިންމުމާ ގުޅިގެން އެކަމުގައި ބައެއް ސިއްހީ މާހިރުންގެ ފާޑުކިޔުންތައް އެ އިދާރާއަށް އަމާޒުވެފައިވެއެވެ. އެގޮތުން އެމެރިކާގެ ހޫނުގެ އަސަރު ކުރާނެ ކަމަށް މިހާރުވެސް ލަފާކޮށްފައި އޮތް އިރު، އެ ހުރިހާ ވަގުތެއްގައި ފެން ނުބޮވޭނެ ގޮތަކަށް ސަޕޯޓަރުން ތިބެން ޖެހުން އެއީ ކަންބޮޑުވުމެއް ކަމަށް ސިއްހީ މާހިރު ފާހަގަ ކޮށްފައިވެއެވެ.
ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ދުނިޔޭގެ ސަމާލުކަން ހޯދި ވުވުޒެލާ މިފަހަރު ދަނޑަށް ނުވައްދަން ނިންމާފައި ވަނީ އޭގެ ސަބަބުން އިވޭ އަޑަކީ މީހުންގެ ކަންފަތަށް އުނދަގޫވެ، ކުޅުންތެރިންގެ ފޯކަސް ގެއްލޭނެ އަޑަކަށް ވާތީއެވެ.
އޭގެ އިތުރުން ލޭޒާ ޕޮއިންޓާސް، ކަށިގަނޑު އަދި އެއާ ހޯންސްގެ އިތުރުން މާ ބޮޑަށް އަޑު ގަދަކުރާ ސްޕީކަރު ފަދަ ތަކެތިވެސް ދަނޑަށް ނުވެއްދޭނެކަމަށް ފީފާއިން ވަނީ ނިންމައިފައެވެ.
އޭގެ އިތުރުންވެސް ފާޑު ފާޑުގެ ޓެޓޯ ޑިސްޕްލޭ ވާނެ ގޮތަށް ކަންކަން ނުކުރުމަށް ފީފާއިން އަންގާފައިވާ އިރު، ހާމަކަން ކުޑަ ހެދުމުގައި ދަނޑަށް ގޮސް، އަހުލާގީ ގޮތުން ދަށް ފެންވަރުގެ މަންޒަރުތައް ފެންނާނެ ގޮތަށް އަމަލުކުރުންވެސް ފީފާއިން ވަނީ މަނާކޮށްފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026