އިޓަލިއަން ސެރެއާ އޭގެ އެޓަލާންޓާއަށް ކުޅެމުންދާ މިޑްފީލްޑަރު އެޑަސަން ގެންދަން މެންޗެސްޓާ ޔުނައިޓެޑުން 35 މިލިއަން ޕައުންޑްގެ އަގަކަށް އެއްބަސްވެފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.
ހަބަރުތައް ބުނީ އެޓަލާންޓާއާއި ޔުނައިޓެޑުން އަގަކަށް އެއްބަސްވެފައިވީ ނަމަވެސް އަދި މެޑިކަލް ފުރިހަމަ ނުކުރާ ކަމަށެވެ. އޭގެ އިތުރުން ނޫސްތައް ބުނީ އެ ޓްރާންސްފާ އިއުލާނުކުރާނީ ޖުލައި މަހުގެ ކުރީކޮޅުގައި ކަމަށެވެ.
އެޑަސަން ހޯދުމަށް ޔުނައިޓެޑުން ޓްރާންސްފާ ފީގެ ގޮތުގައި 35 މިލިއަން ޕައުންޑްގެ އިތުރުން ބޯނަސް ފައިސާގެ ގޮތުގައި 3.9 މިލިއަން ޕައުންޑް ދޭން އެއްބަސްވައިވާ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
ބްރެޒިލްގެ އެޑަސަން ގެންދަން ޔުނައިޓެޑުން ނިންމާފައި ވަނީ އުމުރުން 34 އަހަރުގެ ކަސެމީރޯ، އެއްބަސްވުން ހަމަވެ، އެ ކްލަބު ދޫކޮށްލާފައިވުމުން އެތަން ފޫބެއްދުމަށެވެ.
އެޑަސަންއަކީ ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެއް ނޫން ނަމަވެސް، އޭނާއަކީ ކޯޗު ކާލޯ އެންޗެލޮޓީ އެންމެ ފުރަތަމަ ނެގި، 55 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި މެދުތެރެ ވަރުގަދަ ކުރުމަށް ނޮޓިންހަމް ފޮރެސްޓްގެ އެލިއޮޓް އެންޑަސަންއާއި ވެސްޓް ހޭމްގެ މަތެއަސް ފެނާންޑޭޒްއަށްވެސް ޔުނައިޓެޑުން ދަނީ ލޯ އަޅަމުންނެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް