ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެެސް ބޭއްވުން އަވަސްކޮށްފިއެވެ.
މީގެކުރިން ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހު ބާއްވަން ނިންމާފައި އޮތް ނަމަވެސް ކޮންގްރެސް ބޭއްވުން އަވަސްކުރީ ރޭ ބޭއްވި އެ ޕާޓީގެ މެންބަރުންގެ މަޖިލީހުންނެވެ.
ކޮންގެސް ބާއްވާ ތާރީހު އަވަސްކުރީ ރޭގެ ބައްދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ހުށަހެޅުއްވުމެއް ފާސްކޮށްގެންނެވެ. ނަމަވެސް ކޮންގްރެސް ބޭއްވުން އަވަސްކުރީ ކޮން ތާރީހަކަށް ކަމެއް އަދި ސާފެއްނުވެއެވެ.
ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ރޭގެ ބައްދަލުވުމަށް އިޝާރާތް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ރޭ އެ ޕާޓީގެ މެންބަރުންގެ މަޖިލީހެއް ބޭއްވި ކަމަށެވެ.
އޭނާ ވިދާޅުވީ، ރޭ ބޭއްވި މެންބަރުންގެ މަޖިލީހަށް ރައީސް ޑެ. މުހައްމަދު މުއިއްޒު ހުށައެޅުމެއް ހުށައެޅުއްވި ކަމަށާއި، މެންބަރުންގެ މަޖިލީހުގެ އިއްތިފާގުން އެ ހުށައެޅުން ފާސްވި ކަމަށެވެ.
ނަމަވެސް ރައީސް މުއިއްޒު ހުށަހެޅުއްވީ ކޮން ހުށަހެޅުމެއް ކަމެއް އޭނާވެސް ވިދާޅެއްނުވެއެވެ.
އޭގެ އިތުރުން ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ބައްދަލުވުންތައް ކައިރި ކައިރީގައި ބާއްވާނެ ކަމަށާއި، މުޅި ޕާޓީ މިދަނީ ޕާޓީގެ މަތީ މަޖިލިހަށް (ކޮންގްރެސްއަށް) ވަރަށް ފުރިހަމައަށް ތައްޔާރުވަމުން ކަމަށްވެސް ޝުޖާއުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އިބްރާހިމް ޒަކީ
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް