ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކުރި، ގއ. ވިލިނގިލި / އެދުރުގެ، އުމުރުން 35 އަހަރުގެ މުހައްމަދު ފައުޒާން އިތުރު 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ގުޅިގެން، މިދިޔަ މެއި މަހުގެ ހަތް ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ފައުޒާންގެ އިތުރުން ދެން ހިމެނެނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އުމުރުން 29 އަހަރުގެ ޒާކިރު ހޮސައިންއެވެ.
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަަމުގެ ތުހުމަތުގައި މި ދެމީހުން ހައްޔަރުކޮށް އެކި ފަހަރުމަތީން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ބަންދުގެ މުއްދަތު ހަމަވެގެން އިތުރު ދުވަސްތަކަކަށް ބަންދުގައި ބެހެއްޓުމަށް އިއްޔެ ކުރިމިނަލް ކޯޓުން އަމުރު ކޮށްފައިވަނީ ހަމަ އެކަނި ފައުޒާންއެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް