ހިމަބިއްސަށް އަނެއްކާ ވެސް އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ހަފުތާގައި ބުނީ މި އަހަރުގެ މިހާތަނަށް ނުވަ މީހަކަށް ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭއިން މިދިޔަ ހަފުތާގައި ހިމަބިހީގެ އިތުރު ދެ ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެއާއެކު ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11 އަށް އަރައިފައެވެ.
ހިމަބިއްސަކީ ގައިންގަޔަށް އަވަހަށް ފެތުރޭ، ނުރައްކާތެރި ބައްޔެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމުގެ އިތުރުން، ކެއްސުމާއި، އަރިދަފުސް ފޭބުމާއި، ލޯ ރަތްވުން ހިމެނެއެވެ.
މި ބަލީގެ ސަބަބުން ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން ފަދަ ސީރިއަސް މައްސަލަތައް ކުރިމަތިވެ، ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެއެވެ. މި ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަކީ މުހިންމު ކަމެކެވެ.
އަލީ ޔާމިން
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)