މ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް މި މަހުގެ ފަހުކޮޅު ފަށަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.

ހަ ޒޯނަކަށް ބަހާލައިގެން ރާއްޖޭގައި އާރްޓީއެލް ފެރީގެ ހިދުމަތް ދެމުން އަންނަނީ އެމްޓީސީސީންނެވެ. އެމްޓީސީސީން މި ހިދުމަތް ދިނުމަށް ބޭނުން ކުރާނީ 48 މީހުންގެ ޖާގައިގެ ފެރީތަކެވެ.

މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި މި ހިދުމަތް ވަނީ ފަށާފައެވެ.

ޓްރާންސްޕޯޓުން ބުނީ މ. އަތޮޅުގައި އާރްޓީއެލްގެ ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަ ކަމަށެވެ.

މ. އަތޮޅުގެ އިތުރުން ދެން މިި ހިދުމަތް ފެށުމަށް ބާކީ އޮތީ ޒޯން ތިނެއްގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅެވެ.

ސަރުކާރުގެ އަމާޒަކީ އޮގަސްޓުގެ ކުރިން ބާކީ އޮތް އަތޮޅުތަކަށްވެސް އެ ހިދުމަތް ފުޅާކުރުމެވެ.