ރާއްޖެއިން ލިބޭންހުރި ފަރުވާއެއް ވިޔަސް، އެ ފަރުވާއެއް ލިބުމުގައި ހުރި ދަތިތަކާއި ވަށައިގެންވާ އެހެނިހެން ކަންތަައްްތަކަށް ރިއާޔަތްކޮށް އެ ފަރުވާއެއްް ހޯދުމަށްވެސް ރާއްޖެއިން ބޭރަށް ދާން އާސަންދަ ދޭން ނިންމައި އިއުލާންްކޮށްފިއެވެ
މީގެ ކުރިން އާސަންދައިގެ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ދެވޭނީ ހަމައެކަނި ރާއްޖެއިން ލިބޭން ނެތް ފަރުވާ ހޯދުމަށެވެ.
"ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު" އަށް ބަދަލު ގެނެސް އަލުން މިއަދު ގެޒެޓުކުރި އިރު ރާއްޖެއިން ބޭރަށް އާސަންދަ އެހީ ދޭ ގޮތްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
ގަވައިދުގައި މިހާރު އޮތް ގޮތުން ރާއްޖެއިން ބޭރަށް ދެވޭނެ ހާލަތްތައް:
- ބަލީގެ ބާވަތާއި ބަލިމީހާގެ ހާލަތާއި ރާއްޖޭގައި ލިބެންހުރި ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި ވަށައިގެންވާ އެހެނިހެން ކަންތައްތަކަށް ރިއާޔަތްކޮށް ރާއްޖެއިން ލިބެންހުރި ފަރުވާއެއް ހޯދުމަށް
2. ސްކީމުން ހުއްދަކުރާ ރާއްޖެއިން ލިބެން ނެތް ހިދުމަތަކަށް ރިފާކުރުން
ސްކީމުގައި ރަޖިސްޓްރީކުރެވިފައިވާ ހިދުމަތްދޭ މަރުކަޒެެއްގައި ދެވޭ ހިދުމަތްތަކުގެ ތެރެއިން ސްކީމުގެ ދަށުން ރަޖިސްޓްރީ (އެމްޕެނަލް) ކުރެވިފައިނުވާ ހިދުމަތެއް ހޯދުމަށް.
އަލީ ޔާމިން
އާސަންދަ
އާސަންދަ
އާސަންދަ