މިފެށޭ ޖޫން މަހުގެ 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕުގައި ވާދަކުރުމަށް ތައްޔާރުވެފައިވާ ދެކުނު އެފްރިކާގެ ޓީމަށް ވިސާގެ މައްސަލަތަކެއް ޖެހި، ފުރުން ލަސްވެއްޖެއެވެ.
ދެކުނު އެފްރިކާގެ ޓީމުން މެކްސިކޯގެ ޕަޗޫކާގައި ކޭމްޕް ކުރަން އޮތް އިރު، ޗާޓަރު ފްލައިޓެއްގައި ފުރަން އޮތީ މިއަދުއެވެ. އެހެން ނަމަވެސް ޕޭޕާވޯކްގެ މައްސަލަ ދިމާވެ، ވިސާ ނުލިބުމުން މިހާރު ވަނީ ޓީމުގެ ފުރުން ފަސްކުރަން ޖެހިފައެވެ. އެކަން ދެކުނު އެފްރިކާގެ ސަރުކާރުންވެސް ނަގާފައި ވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ. އަދި މައްސަލަ ބަލަންވެސް ފަށާފައިވެއެވެ.
ވޯލްޑް ކަޕަށް ގާތްގަނޑަކަށް އެންމެ 11 ވަރަކަށް ދުވަސްވެފައިވާ އިރު، ދެކުނު އެފްރިކާގެ ސްޕޯޓްސް މިނިސްޓަރު ގޭޓޮން މެކެންޒީ ވިދާޅުވީ ދެކުނު އެފްރިކާގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ އިހުމާލުން ހިނގާދިޔަ ކަންތައްތަކަކީ ކުޅުންތެރިންނާއި ކޯޗުންނަށް ލިބުނު ލަދެއް ކަމަށެވެ. އަދި އެކަމުގައި އެސޯސިއޭޝަން ތެރެއިން ކަންތައް ހިނގާދިޔަ ގޮތުގެ ތަފްސީލީ ރިޕޯޓެއް ބޭނުންވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
އެ މައްސަލައިގައި ދެކުނު އެފްރިކާގެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ވިސާއަށް ހުރި ދަތިތަކާއެކު އަދި ޓީމަށް މެކްސިކޯއަށް ދެވޭނެ ގޮތްވެފައި ނުވާ ކަމަށާއި، ވީ އެންމެ އަވަހަކަށް މެކްސިކޯ ސިޓީއަށް ދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އެފްއޭއާއި ސަރުކާރުން އެކުވެ، ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ދެކުނު އެފްރިކާއިން މިފަހަރު ގްރޫޕް އޭގައި ވާދަކުރާ އިރު، ދެން އެ ގްރޫޕުގައި ހިމެނެނީ ޗެކް ރިޕަބްލިކާއި ދެކުނު ކޮރެއާ އަދި މެކްސިކޯއެވެ. މިއީ 2010 ވަނަ އަހަރަށްފަހު ދެކުނު އެފްރިކާއިން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026