ސްޓެލްކޯ އާއިލީ އީދު މަޖާ، މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށްގެންދަން ނިންމައިފިއެވެ.

އެކުންފުނިން މިއަދު ބުނީ މަޖާ ކުޅިވަރުތަކާއި ހަދިޔާތަކާއެކު މި އީދުގައި މުޅި އާއިލާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން އެ ކުންފުނިން ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށެވެ.

ސްޓެލްކޯގެ އާއިލީ އީދު މަޖާގައި ލޭޒާ ޓެގް، އޮބްސްޓެކަލް ކޯސް، ތްރޯބޯލް އިން ކަޕްސް، ފޭސް ޕެއިންޓިން، 360 ކެމެރާއިން ފޮޓޯނެގުން، ވެންޑެ ގްރާފްޓް، އަދި ގިފްޓް ކޯނާ ފަދަ ސްޓޯލްތައް ހުންނާނެއެވެ.

މި އާއިލީ އީދު މަޖާ ކުރިޔަށްގެންދަން ނިންމާފައިވަނީ މިއަދުގެ 16:00 އިން 18:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.