އަލްހާ އީދު ފާހަގަ ކުރާ އިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އެދިވަޑައިގެންފިއެވެ.
މިއަދު ފާހަގަކުރަމުންގެންދާ އަލްހާ އީދުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވަމުން ނައިބު ރައީސް ވިދާޅުވީ ހައްޖުގެ މަތިވެރި ދުވަހު ލިބޭ ފިލާވަޅުތަކުން ހެޔޮކަން ލިބިގަނެ، އަލްހާ އީދުގައި އެކުވެރި، ބާރުވެރި ބަޔަކަށް ވުމަށް އެދޭ ކަމަށެވެ.
"އިއްޔެގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރާށެވެ. އެކަކު އަނެކަކަށް ހެޔޮ އެދޭގޮތުން މަތިވެރި އަމާން ސަލާމަކުން ސަލާމް ކޮށްލާށެވެ. އެކުވެރި ކަމަކީ ގަދަފަދަ ބާރެކެވެ." ނައިބު ރައީސްގެ ޕޯސްޓުގައި ވެއެވެ.
ފާތިމަތު ލިއުޝާ
އަލްހާ އީދު
އަލްހާ އީދު
އަލްހާ އީދު