ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުފާފާޅުކުރުމުގެ ގޮތުން، ސްކޮޓް މެކްޓޮމިނޭ ހިމެނޭ ބޭންކް ނޫޓެއް ނެރެން ސްކޮޓްލޭންޑުން ތައްޔާރުވެއްޖެއެވެ.
ސްކޮޓްލޭންޑުން 1998 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަކަށް ތައްޔާރުވަމުންދާ އިރު، މިފަހަރު ކޮލިފައިވީ ޑެންމާކު ކައިރިން ހޯދީ 4-2 ގެ ތާރީހީ މޮޅަކުންނެވެ. އެމެޗުގައި މެކްޓޮމިނޭ ވަނީ ހިތްގައިމު އޯވަހެޑް ގޯލެއް ޖަހައިދީފައެވެ. ސްކޮޓްލޭންޑުން އުފައްދާ ލިމިޓެޑް އެޑިޝަން 20 ޕައުންޑްގެ ބޭންކް ނޫޓުގައި ޖަހަން ނިންމާފައި ވަނީ މެކްޓޮމިނޭގެ އެ އޯވާހެޑް ރަމްޒުކޮށްދޭ ކުރެހުމެކެވެ.
ސްކޮޓްލޭންޑުގެ ބޭންކް އޮފް ސްކޮޓްލޭންޑުން ބުނީ މެކްޓޮމިނޭގެ ފޮޓޯ ޖަހައިގެން އުފައްދާފައި ވަނީ އެންމެ 100 ނޫޓު ކަމަށެވެ. އަދި އެ ނޫޓު ހޯދަން ބޭނުންވާ ސަޕޯޓަރުން، ވޯލްޑް ކަޕްގެ ފޯރި ގަދަކުރުމަށް ބާއްވާ ހާއްސަ ޗެރިޓީ އިވެންޓަށް ދާން އެދިފައިވެއެވެ.
މެކްޓޮމިނޭ ބުނެފައި ވަނީ ގައުމުގެ ފައިސާ ނޫޓުގައި ފޮޓޯއެއް ޖެހުމަކީ ލިބޭ ހާއްސަ ޝަރަފެއް ކަމަށާއި، އެއީ ގަބޫލުވެސް ކުރަން އުނދަގޫވި ކަމެއް ކަމަށެވެ. އަދި ވޯލްޑް ކަޕަށް ގޮސް، ގައުމަށް ރީތި ނަން ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށްވެސް މެކްޓޮމިނޭ ބުންޏެވެ.
ސްކޮޓްލޭންޑް ހިމެނެނީ ވޯލްޑް ކަޕް ގްރޫޕް ސީގައެވެ. އެއީ ހެއިޓީ، މޮރޮކޯގެ އިތުރުން ބްރެޒިލާ އެކުގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026