ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައި ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ ގއ. ދާންދޫ / ސަންލައިޓްވިލާ، އަހުމަދު ރިޝްމާހް (21އ) މި މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ އެ މައްސަލައިގައި ހިމެނޭ ތިން މީހުން ފުލުހުން ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ ރަންޖިނި ޖީވަނަންތަން، (38އ) އާއި ގދ. ވާދޫ / ފުރުސަތު، ލޫތު އިބްރާހީމް (29އ) އަދި ގއ. ދާންދޫ / ސަންލައިޓްވިލާ، އަހުމަދު ރިޝްމާހް (21އ) އެވެ.
އެ ތިން މީހުންގެ ތެރެއިން ރަންޖިނި ޖީވަނަންތަން ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ލޫތު އިބްރާހީމާއި އަހުމަދު ރިޝްމާހް ހައްޔަރުކުރީ މާލެއިންނެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އެކި ފަހަރުމަތިން އިތުުރުކޮށްދެމުން އައިސް، އޭގެ ތެރޭގައި ހިމެނޭ އަހުމަދު ރިޝްމާހް، މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރުކުރީ އިއްޔެއެވެ.
އިބްރާހިމް ޒަކީ
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް