ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބިދޭސީއަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި މީހަކު ރަހީނުކޮށް، ބަންދުކޮށްގެން ގެންގުޅޭ ކަމުގެ ރިޕޯޓެއް ހުށަހެޅުމުން މިދިޔަ މާޗް މަހު އެ މީހާ ހޯދަމުން ދަނިކޮށް ފެނުނީ ވިލިމާލެއިން ކަމަށެވެ. އަދި އެ މީހާ ސަލާމަތްކޮށް، ޑޮކްޓަރަށް ދެއްކުމަށްފަހު ވަނީ މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ބަނގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހަކު ފުލުހުން ހައްޔަރުކުރިއެވެ.

އެ މީހުންނަކީ:

  • އެމްޑީ ހޮސައިން، (30އ)
  • އެމްޑީ މެހެދި ހަސަން، (34އ)
  • އެމްޑީ ޝާ އަލަމް، (39އ)
  • ސާފިފް ހަސަން، (38އ)
  • ރަސަލް، (20އ)

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅައިގެން އެކި ދުވަސްމަތިން މި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަމުން އައިސް، މި ފަސް މީހުންގެ ތެރެއިން އެމްޑީ ހޮސައިން ފިޔަވައި ދެން ތިބި ތެހަތަރު މީހުން، މި މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.