މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދާ ދިވެހިންނަށް އަމާޒުކޮށްގެން ހާއްސަ އައިޑީޑީ (އިންޓަނޭޝަނަލް ޑައިރެކްޓް ޑައަލިން) ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.

މި ޕެކޭޖުތަކަކީ ހައްޖުވެރިންނަށް އެ މީހުންގެ އާއިލާތަކާއި ރައްޓެހިންނާ ފަސޭހަކަމާއެކު ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކުރި ޕެކޭޖުތަކެކެވެ.

އުރީދޫން ބުނެފައިވާ ގޮތުގައި، މި އާ ޕެކޭޖުތަކުގެ ދަށުން ސައުދީ އަރަބިއްޔާއަށް ގުޅުމަށް ހަތަރު ހަފުތާގެ މުއްދަތަށް ބޭނުންކުރެވޭނެ ތަފާތު ތިން އޮޕްޝަނެއް ކަސްޓަމަރުންނަށް ލިބޭނެއެވެ. އެގޮތުން ތައާރަފުކޮށްފައިވާ ޕެކޭޖުތަކަކީ:

  • 100 ރުފިޔާއަށް: 30 މިނެޓު
  • 250 ރުފިޔާއަށް: 75 މިނެޓު
  • 500 ރުފިޔާއަށް: 150 މިނެޓު

މި ހުރިހާ ޕެކޭޖެއްގެވެސް މުއްދަތަކީ އެކްޓިވޭޓުކުރާ ދުވަހުން ފެށިގެން ހަތަރު ހަފުތާއެވެ. މި ޕެކޭޖުތައް ފަރުމާކޮށްފައިވަނީ ހައްޖުގެ އަޅުކަމުގައި އުޅޭ ދުވަސްވަރު މުއާސަލާތީ ހަރަދުތައް ކުޑަކޮށް، އަގުހެޔޮކޮށް ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ. އަދި މިއީ އާންމުކޮށް ނަގާ އައިޑީޑީ ޗާޖުތަކާ އަޅައިބަލާއިރު ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ބަދަލެއްކަންވެސް އުރީދޫން ފާހަގަކުރެއެވެ.

ހައްޖު މޫސުމަކީ ދިވެހިންގެ ގިނަ ބަޔަކު އެއްފަހަރާ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދުވަސްވަރަކަށް ވުމާއެކު، މުއާސަލާތީ ގުޅުން މެދުނުކެނޑި ކުރިއަށްގެންދިއުމަކީ އާއިލާތަކަށް ވަރަށް މުހިންމު ކަމެއްކަމުން، އެ މޫސުމާ ދިމާކޮށް އުރީދޫން އަބަދުވެސް ހާއްސަ އޮޕާތައް ތައާރަފުކުރެއެވެ.

މި ހިދުމަތް ތައާރަފުކުރުމާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ، "ހައްޖުގެ މަތިވެރި އަޅުކަމުގައި ކޮންމެ އަހަރަކުވެސް ރާއްޖެއިން ގިނަ ބަޔަކު ބައިވެރިވޭ. މި ދަތުރުގައި އާއިލާތަކާ ގުޅިފައި ހުރުމަކީ ވަރަށް މުހިންމު ކަމެއް. އުރީދޫން ތައާރަފުކުރި ހާއްސަ އައިޑީޑީ އޮފާތަކުގެ ޒަރީއާއިން، އަޅުގަނޑުމެންގެ އަމާޒަކީ މުއާސަލާތީ ހިދުމަތްތައް ފަސޭހަކަމާއެކު އަގުހެޔޮކޮށް ފޯރުކޮށްދީ، އެންމެ މުހިންމު ދަތުރުގައިވެސް ކަސްޓަމަރުންނަށް އެބޭފުޅުންގެ އާއިލާއާއި ރައްޓެހިންނާއި ރައްކާތެރިކަމާއެކު ގުޅުމަށް އެހީތެރިވެދިނުން،”

ރާއްޖޭގެ މުޖުތަމައުތަކުގެ ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫން އަންނަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ތަފާތު ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. މިގޮތުން، އަލަށް ތައާރަފުކުރި ހައްޖު އައިޑީޑީ ޕެކޭޖުތައްވެސް އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ސީދާ އެކްޓިވޭޓު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. މީގެ ސަބަބުން، ހައްޖު މޫސުމުގެ ދުވަސްތަކުގައި ސައުދީ އަރަބިއްޔާގައި ތިބޭއިރުވެސް، އިތުރު ދަތިކަމަކާ ނުލައި ޕެކޭޖުތައް އާކޮށް، މެދުކެނޑުމެއްނެތި އާއިލާއާ ގުޅުމުގެ ފުރުސަތު ހައްޖުވެރިންނަށް ފަހިވެގެންދާނެއެވެ. މިއީ މުވާސަލާތީ ގޮތުން ދިމާވެދާނެ ހުރަސްތައް ނައްތާލައި، އަޅުކަމަށް ފުރިހަމައަށް ސަމާލުކަން ދިނުމަށް ހައްޖުވެރިންނަށް ލިބޭނެ އިތުރު ފަސޭހައެކެވެ.