އީދާ ދިމާކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ބާރު ބޮޑުވާނެތީ އެއާލައިންތަކުން ދޭ އިރުޝާދުތަކަށާއި، ވަގުތަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެދިއްޖެއެވެ.
އެމްއޭސީއެލުން މިރޭ ބުނީ އަލްހާ އީދު ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ދަތުރުވެރިން ވީއައިއޭ ބޭނުން ކުރަމުންދާކަން ލަފާކުރެވޭ ކަމަށެވެ. އެހެންވެ މިއަދު ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަަލަށް ދަތުރުވެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެ ދުވަސްތަކުގައި ވީއައިއޭއިން ފުރާ ހުރިހާ ދަތުރުވެރިންވެސް ވަގުތައް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި އެއާލައިންތަކުން ދޭ އިރުޝާދަށް ފުރިހަމައަށް ތަބާވުމަށް އިލްތިމާސްކުރާކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ އެ ދުވަސްތަކުގައި ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވީއައިއޭގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް