ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ޖަލަށްލި "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ޖަލުން ދޫކޮށްލައިފިއެވެ.
ލީވާންގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުކުރީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ހަބަރު ގެނެސްދިން ގޮތުންނެވެ. ކުރިމިނަލް ކޯޓުގެ އެ އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށްވެސް އަމުރުގައިވެއެވެ.
"އަދަދު" ނޫހުން އެ ހަބަރު ޝާއިއުކުރި ގޮތުން، އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބަލައި، ލީވާނަށް ދިހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
މާފުށީ ޖަލު ބަންދުގައި ބެހެއްޓުމަށްފަހު ލީވާން ދޫކޮށްލާފައިވަނީ ހުޅުމާލެ ޖަލަށް ގެނައުމަށްފަހު މިއަދު ހެނދުނު 10:30 ހާއިރެވެ.
ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި، ހަމަ އެ ދުވަހު އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވެސް ވަނީ ޖަލަށް ލައިފައެވެ. ޝަހުޒާން ޖަލަށް ލާފައިވަނީ، އެ ޑޮކިއުމެންޓަރީއާ ގުޅޭ ސުވާލުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ކުރުމާ ގުޅިގެންނެވެ. އޭނާއަށް އިއްވާފައިވަނީ 15 ދުވަހުގެ ޖަލު ހުކުމެކެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް