ބަޔާން މިއުނިކްގެ މެނުއަލް ނޯޔާ، ގައުމީ ޓީމުން ރިޓަޔާކުރުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް، ޖަރުމަނާއެކު ވޯލްޑް ކަޕަށް ދާން ތައްޔާރުވެއްޖެއެވެ.
އުތުރު އެމެރިކާގެ ތިން ގައުމެއްގައި ޖޫން މަހު އޮންނަ ވޯލްޑް ކަޕަށް ޖަރުމަނުން އިއުލާނުކުރި ސްކޮޑުގައި ނޯޔާ ހިމަނާފައި ވަނީ އެއް ނަމްބަރު ކީޕަރުގެ ގޮތުގައެވެ. އެކަން ޖަރުމަނުގެ ކޯޗު، ޖޫލިއަން ނަގެލްސްމަން ވަނީ ޔަގީންވެސް ކޮށްދީފައެވެ.
އުމުރުން 40 އަހަރުގެ ނޯޔާއަކީ ދުނިޔޭގެ ތާރީހުވެސް ދުށް އެންމެ މޮޅު އެއް ކީޕަރެވެ. އޭނާ ޖަރުމަނާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިރު، އެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައިވެއެވެ. ނޯޔާ ގައުމީ ޓީމުން ރިޓަޔާކުރަން ނިންމާފައި ވަނީ 2024 ވަނަ އަހަރު ޔޫރޯއަށްފަހުއެވެ.
ނަގެލްސްމަން ޖަރުމަނާ ހަވާލުވިފަހުން އެއް ނަމްބަރު ގޯލްކީޕަރެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ އޮލިވާ ބައުމަންއެވެ. ކޯޗު ނަގެލްސްމަން ބުނީ ނޯޔާ އަލުން ޓީމަށް ނަގަން ނިންމާފައި ވަނީ އެކަމުގައި މަޝްވަރާ ކޮށްގެން ކަމަށާއި، މިވަގުތު އެއްވަނަ ޗޮއިސްއަކީ އެއީ ކަމަށެވެ.
ނޯޔާއަށް މިއީ ރަނގަޅު ސީޒަނެކެވެ. ބަޔާނާއެކު ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވާ އިރު، އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
ޖަރުމަނު ޓީމުގައި ނަގެލްސްމަން ހިމަނާފައިވާ ތިން ކީޕަރުންނަކީ ނޯޔާގެ އިތުރުން ބައުމަން އަދި އެލެކްސެންޑާ ނުއެބެލްއެވެ. މާކް އަންދްރޭ ޓާ ސްޓެގަންއަށް ފުރުސަތު ދީފައެއް ނުވެއެވެ.
ޖަރުމަނުގެ ފައިނަލް ސްކޮޑު
ގޯލްކީޕަރުން: މެނުއަލް ނޯޔާ، އޮލިވާ ބައުމަން، އެލެކްސެންޑާ ނުއެބެލް
ޑިފެންޑަރުން: ނިކޯ ޝްލޮޓަބެކް، ޑޭވިޑް ރައުމް، ނަތަނިއެލް ބްރައުން، ޖޮނަތަން ޓާ، ވަލްޑެމާ އެންޓޮން، ޕަސްކަލް ގްރޮސް، ޖޯޝުއާ ކިމިކް، ފެލިކްސް އެންމެޗާ، މަލިކް ތިއާއު، އެލެކްސެންޑާ ޕަވްލޮވިޗް، އެންޓޯނިއޯ ރުޑިގާ، އެންޖެލޯ ސްޓިލާ
މިޑްފީލްޑަރުން/ ފޯވަޑުން: ލެއޮން ގޮރެޓްޒްކާ، މަކްސިމިލިއަން ބެއާ، ޖަމާލް މުސިއާލާ، ނަޑިއެމް އަމީރީ، ޖޭމީ ލެވެލިންގް، ކައި ހަވާޓްސް، ލެނާޓް ކާލް، ފްލޯރިއަން ވާޓްސް، ޑެނިޒް އުންޑޭވް، ނިކް ވޮލްޓަމާޑޭ، ލެރޮއި ސާނޭ
މިފަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ނޯޔާގެ ކެރިއަރުގައި ފަސްވަނަ ވޯލްޑް ކަޕަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026