އިނގިރޭސި ދެވަނަ ޑިވިޝަނުގެ ތިން ކްލަބަކަށް ޖާސޫސް ކުރި ކަމަށް ސައުތުހެމްޓަންއިން އެއްބަސްވުމާއެކު އެޓީމު ޗެމްޕިއަންޝިޕް ޕްލޭ އޮފް ފައިނަލް މެޗުން ބޭރުކޮށްފިއެވެ.
ސައުތުހެމްޓަންގެ މައްސަލަ އީއެފްއެލްއިން ބަލާފައިވާ އިރު، އީއެފްއެލްއިން ބުނީ ސައުތުހެމްޓަންއިން އިދިކޮޅު ތިން ޓީމެއްގެ ތަމްރީނުތަކުގައި ޖާސޫސް ކޮށްފައިވާ ކަމަށެވެ. އެގޮތުން ލީގު ސީޒަންގެ ތެރެއިން އޮކްފޯޑާއި އިޕްސްވިޗް ޓައުންގެ ތަމްރީނުތައް ވީޑިއޯކޮށް ފާރަލާފައިވާ އިރު، ޕްލޭ އޮފް ސެމީ ފައިނަލް ފުރަތަމަ ލެގުގެ ކުރިން މިޑްލްސްބްރާގެ ތަމްރީނުތަކަށްވެސް ސައުތުހެމްޓަންއިން ވަނީ މީހަކު ފޮނުވައިގެން ވީޑިއޯ ކޮށްފައެވެ. އޭނާގެ ފޮޓޯ ވަނީ އާއްމުވެސް ވެފައެވެ.
ސައުތުހެމްޓަންއިން ދެލެގުގެ ސެމީ ފައިނަލް ކާމިޔާބުކޮށް ޕްލޭ އޮފް ފައިނަލް މެޗަށް ދިޔަ ނަމަވެސް، މިނިވަން ކޮމިޝަނަކުން ނިންމާފައި ވަނީ އެ މަގާމުގައި މިހާރު ހަލް ސިޓީއާ ދެކޮޅަށް ކުޅޭނީ މިޑްލްސްބްރާ ކަމަށެވެ. އަދި އަންނަ ސީޒަނަށް ސައުތުހެމްޓަންގެ ހަތަރު ޕޮއިންޓް އުނިކުރަންވެސް ނިންމާފައިވެއެވެ.
ސައުތުހެމްޓަންއިން ޖާސޫސް ކުރި ކަމަށް އެއްބަސްވެފައިވާ ކަމަށް އީއެފްއެލްއިން ބުނެފައިވާ އިރު، އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް ދާނެ އެންމެފަހު ޓީމު ކަނޑައަޅަން ކުޅޭ ޕްލޭ އޮފް މެޗަކީ ދުނިޔޭގެވެސް އެންމެ އަގުހުރި މެޗެވެ. އެމެޗުގެ ޓީވީ ރައިޓްސްއިން އެކަނިވެސް މޮޅުވާ ޓީމަށް ގާތްގަނޑަކަށް 110 މިލިއަން ޕައުންޑް ޖެހޭނެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު