އިދިކޮޅު އެމްޑީޕީއާ ގުޅިގެން ގައުމީ ބޭންކް، (ބީއެމްއެލް)ގެ ތެރެއިން، މާލީ ބަގާވާތެއް ގެންނަން އުޅުނުކަމަށް ތުހުމަތުކޮށް ފުލުހުން ބަލަމުން ގެންދިޔަ މައްސަލަ ފައިލްކޮށްފިއެވެ.
ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި އާ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް ނިންމީ 25 އޮގަސްޓު 2024ގައެވެ. އެ ދުވަހު ހެނދުނު ނިންމި އެ ނިންމުން، މަރުކަޒީ ބޭންކް އެމްއެމްއޭއިން ބީއެމްއެލްއަށް ބޭރު ފައިސާ ހޯދުމުގައި އެހީތެރިކަން ދޭ ގޮތަށް ހަމަ އެ ދުވަހުގެ ހަވީރު ބޭންކުން ބަދަލު ކުރިއެވެ.
ނަމަވެސް ބީއެމްއެލްގެ އެ ފިޔަވަޅަކީ އިދިކޮޅު އެމްޑީޕީ އަޑީގައި އޮވެގެން ރާއްޖޭގައި މާލީ ބަގާވާތެއް ހިންގަން ކުރި މަސައްކަތެއް ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހުން ބަލަން ފެށިއެވެ. އެގޮތަށް ތުހުމަތުކުރައްވާ ރައީސް މުހައްމަދު މުއިއްޒު ވެސް އޭރު ވާހަކަ ދެއްކެވިއެވެ.
އެކަން ކުށްވެރި ކުރައްވައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެކަންކުރި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
"މިއީ ރޭވިގެން ހިނގި ކަމެއް، އެ ކުރި ގޮތެއް ބަލަން ފުލުހުން އެ އޮތީ ފަށާފައި. ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތް. މި ސަރުކާރުން ފުލުހުން އިދާރާއަށް އަދި ސިފައިންނަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ. އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން. އެބޭފުޅުން ކުރާ ޕްރޮފެޝަނަލް މަސައްކަތުން ފެންނަ ކަމެއް ފެނުނީމާ އެ ދާނީ ރައްޔިތުންނާ ހިއްސާކުރަމުން. މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ވިސްނާލީމާ، މި ދެންނެވި ހުރިހާ ޑޮޓްތަކެއް ގުޅިގެންދާކަން އެނގޭނެ. މި ކުރި ކަންތައް މިއީ އެޓެމްޓެޑް ކޫ އަކަށް،" އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ނަމަވެސް އެ މައްސަލަ މިހާރު އޮތް ހިސާބެއް ހޯދަން އާންމުންގެ މީހަކު މިދިޔަ މަހު، ފުލުހުންނަށް ހުށަހެޅި އާރްޓީއައިއަކަށް ދިން ޖަވާބުގައި ވާގޮތުން، އެ މައްސަލަ މިހާރު ވަނީ ފައިލްކޮށްފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ރިކޯޑުތަކުން ދައްކާ ގޮތުން، 2024 ވަނަ އަހަރު ބީއެމްއެލްގެ ނިންމުމަކާ ގުޅިގެން އުފެދުނު ކަންތައްތަކާ އެކު ކުރެވުނު ތުހުމަތުތައް ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ފަދަ ހާލަތެއް ނެތުމާ އެކު އެކަމަކީ ކޯލޯސްކޮށް ނިންމާފައި އޮން ނިންމުމެއްކަމަށް އާރްޓީއައިއަށް ދިން ޖަވާބުގައި ބުނެފައިވެ އެވެ.
އިބްރާހިމް ޒަކީ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް