ރާއްޖެއިން މި އަހަރު ހައްޖުގެ އަޅުކަމަށް ދާ ދިވެހިންގެ ފަހު ގްރޫޕް ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.
މިފްލައިޓުގައި 253 ހައްޖުވެރިން ވަނީ ފުރައިފައެވެ.
ހައްޖުވެރިން ސައުދީއަށް ގެންދިޔުމަށް ހަތަރު ފުލައިޓެއް ހަމަޖެއްސިއެވެ. އެއީ ސައުދިއާ އެއާލައިންގެ ދެ ފުލައިޓާއި މޯލްޑިވިއަންގެ ދެ ފްލައިޓެވެ.
ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރީ މިމަހުގެ 15 ގައެވެ. އަދި އާދިއްތަ އާއި އިއްޔެ ވެސް ހައްޖުވެރިން ފުރާފައިވާ އިރު އެންމެ ފަހު ފްލައިޓް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ފުރައިފައެވެ.
މި މަހުގެ 17 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 257 ހައްޖުވެރިން ފުރިއެވެ. 18 ވަނަ ދުވަހު ދިޔަ ސައުދިއާ އެއާލައިންގައި 267 ހައްޖުވެރިން ވަނީ ފުރައިފައެވެ.
ފާތިމަތު ލިއުޝާ
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު
ހައްޖު ދަތުރު