އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ "ލިވް އަންލިމިޓެޑް" ކެމްޕޭނުގެ އެންމެ ބޮޑު އިނާމު ކަމަށްވާ، ދެ މީހަކަށް ދެވޭ ހައްޖު ދަތުރުގެ ނަސީބުވެރިޔާ މިއަދު ހޮވައިފިއެވެ.

އުރީދޫ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާންކުރި ގޮތުގައި، މި އަގުހުރި އިނާމު ކާމިޔާބު ކުރީ މިސްރިއްޔާ އަލީއެވެ.

މިއީ 2025 ވަނަ އަހަރު ފެށި މި ކެމްޕޭނުގެ ދަށުން ދެވޭ އެންމެ ފަހު އަދި އެންމެ ބޮޑު އިނާމެވެ.

އުރީދޫން މި ކެމްޕޭން ފަރުމާކޮށްފައިވަނީ ކޮންމެ 20 ދުވަހަކުން ނަސީބުވެރިއަކު ހޮވައި، އުމްރާ ދަތުރެއް ލިބޭ ގޮތަށެވެ.

އެގޮތުން މިހާތަނަށް 19 ފަރާތަކަށް އުމްރާ ދަތުރު ދީފައިވާއިރު، މިއަދު ހޮވުނު 20 ވަނަ ނަސީބުވެރިޔާއަށް ލިބިގެންދިޔައީ ހައްޖު ދަތުރެކެވެ.

އުރީދޫ ބުނި ގޮތުގައި، މިފަދަ ކެމްޕޭންތަކުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކޮށް، އެފަރާތްތަކަށް އާ އީޖާދީ ހިދުމަތްތަކާއި ފައިދާހުރި ފުރުސަތުތައް ފަހިކޮށްދިނުމެވެ. އަދި ކަސްޓަމަރުންނަށް "ލިވް އަންލިމިޓެޑް" ތަޖުރިބާއެއް ފޯރުކޮށްދިނުމުގައި އެ ކުންފުނިން އަބަދުވެސް ދެމިތިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ކެމްޕޭނަކީ އުރީދޫގެ 20 އަހަރުގެ ކާމިޔާބު ދަތުރު ފާހަގަކުރުމަށްޓަކައި ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ހިންގުނު ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ.