ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކުރި 'N1 ސްޕޯޓްސް ޕާކު' ހުޅުވައިފިއެވެ.
ހައުސިން ޑިޗެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން މިއަދު ބުނީ، އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭހެން ހުޅުމާލޭގެ ފޭސް އެކެއްގައި ގާއިމު ކުރި 'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވާފައިވަނީ ރޭގައި ކަމަށެވެ.
އެތަން ތަރައްގީކޮށްފައި ވަނީ ހުޅުމާޅޭ ފޭސް އެކެއްގައި ހުންނަ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައެވެ.
އެ ރަސްމިއްޔާތުގައި، ކިކް އޮފް މެޗުތަކާ އެކު އެ ޕާކު ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ހުޅުމާލެ ކޮމިޔުނިޓީ ރެޕްރެޒެންޓެޓިވް އިބްރާހިމް ނައީމްއެވެ.
މި ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަމާއި ކުޅިވަރު ކުޅޭނެ ފެސިލިޓީތައް އިތުރު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގާއިމު ކުރި ޕާކެކެވެ. އެ ޕާކުގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް އަދި ޕާކިން ޒޯނެއް ވަނީ ތަރައްގީކޮށްފައެވެ. އަދި އެތަން މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައި ކަމަށް އެޗްޑީސީން ބުންޏެވެ.
ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދީގެން، ކުޅިވަރު ކުޅޭ ތަންތަނުގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތަކެއް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން، އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ގާއިމުކުރި ކުޅިވަރު އެކުވެނި ވެސް މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ