ރާއްޖެއަށް ގަވާއިދާ ހިލާފަށް ސިއްރުން އެތެރެކުރަން އުޅުނު 2.3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމުން މިއަދު ބުނީ އެ ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 14 ވަނަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. ކަނޑުމަގުން ރާއްޖެއަށް ގެނައި މުދަލުގެ ތެރޭގައި ފޮރުވައިގެން، ޑިއުޓީއަށް މަކަރު ހަދައިގެން އެތެރެކުރަން އުޅުނު އެ ސިނގިރޭޓްތަކުގެ ޖުމްލަ އަދަދަކީ 2,304,200 ކަމަށް ކަސްޓަމުން ބުންޏެވެ.

އެ ތަކެއްޗަކީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް، ކަސްޓަމްސްއަށް ސިއްރުން އެތެރެކުރަން މަސައްކަތްކުރި ތަކެތި ކަމަށްވާތީ، އެ މުދާ މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށް ކަސްޓަމުން ބުންޏެވެ.

އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާކަމަށް ކަސްޓަމުން ބުންޏެވެ.