ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް އަހަރަކު ލިބޭ ސާފު ފައިދާ އެއް ބިލިއަން ރުފިޔާއަށް އިތުރުކުރުމުގެ އަމާޒު ހިފާފައިވަކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިމާދު ވިދާޅުވީ، އެސްޓީއޯގެ ކުރިއަށް އޮތް ފަސް އަހަރުގެ މާސްޓާ ޕްލޭން ބައްޓަންކޮށްފައިވަނީ 2030 ވަނަ އަހަރު އަންނައިރު އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ހޯދުމަށް ކަމަށެވެ.
ޝިމާދު ވިދާޅުވީ މިހާރު އެސްޓީއޯ ކުރިއަރަމުންދާ ދުވެއްޔަށް ބަލާއިރު، ކަނޑައެޅިފައިވާ ތާރީހަށްވުރެ މާ ކުރިންވެސް އެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ކުރިއަށް އޮތް ފަސް އަހަރު އެ އަމާޒަށް ވާސިލުވުމަށް އެސްޓީއޯ އިން އާ ވިޔަފާރިތައް އަހަރު އަހަރަށް ފަސް ޕަސެންޓަށް އިތުރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި، ކުންފުނީގެ އަމާޒަކީ މާޖިން އިތުރު ކޮށްގެން ފައިދާ ހޯދުމުގެ ބަދަލުގައި ވޮލިއުމް އިތުރުކޮށް، ފައިދާ ހޯދުންކަމަށް ޝިމާދު ވިދާޅުވިއެވެ.
ހިއްސާދާރުންނަށް ފައިދާވާނެ ގޮތަށް "ރިޓާން އޮން އިކުއިޓީ" 15 ޕަސަންޓަށް ވުރެ ދަށް ނުވާނެ މިންވަރުގައި ހިފެހެއްޓުމަށް މަސައްކަތް ކުރާނެކަމަށް ޝިމާދު ވިދާޅުވިއެވެ.
އަދި ވިދާޅުވީ އެސްޓީއޯއިން 2030 ވަނަ އަހަރާ ހަމައަށް ދާއިރު އެސެންޝިއަލް އައިޓަމްތަކުގެ އެވައިލަބިލިޓީ 98 ޕަސެންޓަށް އިތުރު ކުރުމަކީވެސް އަމާޒެއް ކަމަށެވެ.
މިދިޔަ އަހަރު އެސްޓީއޯ ގްރޫޕަށް ޖުމްލަ އާމްދަނީގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރެއިން ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް 785 މިލިއަން ރުފިޔާ ލިބުނުއިރު، އެސްޓީއޯ ކުންފުންޏަށް އެކަނި ވަނީ 763 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ.
މުހައްމަދު އިޝާން
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ