ފެނަކަ އިން އެސްޓީއޯ އަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން އެއް ބިލިއަން ރުފިޔާ ދައްކައިފިއެވެ.
"ދުސިތު ޑީ ޓޫ ފޭދޫ މޯލްޑިވްސް" ގައި ރޭ ބޭއްވި އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައޮ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ފެނަކަ އިން ލިބެންޖެހޭ ފައިސާ ނުލިބި އޮތުމަކީ ކޮންމެ އަހަރެއްގައި ވެސް ހިއްސާދާރުންގެ ކަންބޮޑުވުންތައް އޮތް މައްސަލައެއް ކަމަށެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރި މަސައްކަތުން ފެނަކައިން ދައްކަން ޖެހޭ ފައިސާއިން އެއް ބިލިއަން ރުފިޔާ މިހާރު އެސްޓީއޯ އަށް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ފެނަކައިން އެސްޓީއޯއަށް ދައްކަން ޖެހެނީ އެސްޓީއޯއިން ތެޔޮ ގަތް ފައިސާއެވެ. އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ފެނަކައިން އެސްޓީއޯއަށް ދައްކަން 1.9 ބިލިއަން ރުފިޔާ އޮތެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން އެ ކުންފުންޏަށް ފެނަކައިން ތެލުގެ ފައިސާ ދީފައެއް ނުވެއެވެ.
ސްޓީއޯއިން ފެނަކަ ކޯޕަރޭޝަނަށް ފޯރުކޮށްދޭ ތެލަށް ފެނަކައިން އެސްޓީއޯއަށް ފައިސާ ނުދެއްކި ނަމަވެސް އެ ތެލެކީ ކަރަންޓު ދިނުމަށް ބޭނުންކުރާ ތެލަށް ވެފައި އެއީ ރައްޔިތުންގެ އަސާސީ ހިދުމަތެއް ކަމަށްވާތީ، މެދުނުކެނޑި ތެޔޮ ފޯރުކޮށްދޭނެ ކަމަށް އެސްޓީއޯއިން އޭރު ބުނެފައިވެއެވެ.
އަލީ ޔާމިން
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ