ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހިޔާލު ތަފާތު ވިޔަސް އެ ދެ ބޭފުޅުންނާއެކުގައި މަސައްކަތް ކުރެވޭނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ތިން ރައީސުން މިރޭ ވަނީ އެކުގައި މަސައްކަތްކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އެކުގައި މަސައްކަތް ކުރެއްވުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.
އެއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ މިހާރުގެ ސަރުކާރުން ފެންނަނީ ހުދުމުހުތާރު ވެރިކަމެއްގެ ސިފަތައް ކަމަށާއި، ރައްޔިތުންގެ ހައްގުގައި ނުކުތުމަކީ އެ ބޭފުޅުންގެ ޒިންމާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން މި ތައްޔާރު ކުރަނީ ރިޔާސީ މެނިފެސްޓޯއެއް ނޫން އެކަމަކު މިހާރު ބަނދެވިފައި މި އޮތް އޮތުމުން މުޖުތަމައު މިނިވަން ކުރެވޭނެ ގޮތެއް، އެކަމުގައި އަޅުގަނޑުމެންގެ ހިޔާލު ތަފާތުވުމުގައި ކުޑަވެސް ފަރަގެއް ނެތް،" ޔާމީން ވިދާޅުވިއެވެ.
"ރައީސް މުއިއްޒު އަޑުއައްސަވަންދެން އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދާނަން... ސުލްހަވެރިކަމާ އެކު ވަރަށް ސްޓްރޯންގުކޮށް އަޅުގަނޑުމެންގެ ޑިމާންޑްތައް ކުރަމުން ގެންދާނަން،"
ތިން ރައީސުން އެކުގައި ކުރަން ނިންމީ ގައުމީ މަސައްކަތްތަކެއް ކަމަށް ޔާމީން ވިދާޅުވިއެވެ. ސިޔާސީ މަސައްކަތްތައް އެ ރައީސަކު ވަކިވަކިން ފަހުން ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން