އަންނަ މަހު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ފަށަން ތައްޔާރުވެފައިވާ ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލް މެޗުގެ ހާފްޓައިމްގައި ހާއްސަ ޝޯއެއް ބާއްވަން ފީފާއިން ނިންމައިފިއެވެ.
ހާފްޓައިމް ޝޯއަކީ އެމެރިކާގެ އެންމެ މަގުބޫލު ކުޅިވަރު އިވެންޓް ކަމަށްވާ ސުޕަ ބޯލްއިން ފެނިގެންދާ ސަގާފަތެކެވެ. ފީފާއިން ނިންމާފައި ވަނީ ޖުލައި 19 ވަނަ ދުވަހު އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ބާއްވަން ނިންމާފައިވާ ވޯލްޑް ކަޕް ފައިނަލުގައި ހާފްޓައިމް ޝޯއެއް ބާއްވާށެވެ. އެ ޝޯގައި ވޯލްޑް ކަޕްގެ ދެވަނަ ތީމް ލަވަ ކިޔާފައިވާ ކޮލަމްބިއާގެ ލަވަކިޔުންތެރިޔާ ޝަކީރާއާއި ކޭ-ޕޮޕް ސުޕަގްރޫޕް ބީޓީއެސް ފެނިގެންދާނެއެވެ. އޭގެ އިތުރުން މެޑޯނާއާއި ކޯލްޑްޕްލޭގެ ލަވަކިޔުންތެރިޔާ ކްރިސް މާޓިންގެ ހުށަހެޅުމެއްވެސް ހާފްޓައިމް ޝޯގައި ފެންނާނެ ކަމަށް ފީފާއިން ބުންޏެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައި ވަނީ އެ ހުރިހާ އާޓިސްޓުންނާއެކު ކުރެވޭ މަސައްކަތަކީ އެތައް ބަޔަކަށް ހިނިތުންވުން ގެނެސްދެވޭނެ މަސައްކަތަކަށް ވާނެ ކަމަށާއި، އާޓިސްޓުންނާއެކު ފީފާ ގްލޯބަލް ސިޓިޒެން އެޑިއުކޭޝަން ފަންޑަށް ހޭދަކުރަންވެސް ނިންމާފައިވާ ކަމަށެވެ.
ޖުމުލަ 48 ޓީމާއެކު ޖޫން 11 ގައި ފަށާ ވޯލްޑް ކަޕަކީ މިހާތަނަށް ތާރީހުގައިވެސް ފެނިގެންދާނެ އެންމެ ބޮޑު ވޯލްޑް ކަޕެވެ. ޖުމުލަ 104 މެޗު ވޯލްޑް ކަޕުން ފެނިގެންދާ އިރު، އިތުރު ނޮކްއައުޓް ބުރެއްވެސް ފެނިގެންދާނެއެވެ.
މިދިޔަ އަހަރު ކްލަބު ވޯލްޑް ކަޕްވެސް އެމެރިކާގައި ބާއްވާފައިވާ އިރު، އެ މުބާރާތުގެ ފައިނަލްގައިވެސް ހާފްޓައިމް ޝޯއެއް ފެނުނެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026