ވޮލީބޯޅައިގެ ފުރުސަތުތައް އިތުރު ކުރުމަށްޓަކައި މުޅިން އަލަށް ބާއްވަން ފެށި ރާއްޖެ ވޮލީ ކްލަބު ޗެމްޕިއަންޝިޕް 2026 ގެ ގްރޫޕް ސްޓޭޖު ނިމި، ސެމީ ފައިނަލް ކުރިމަތިލުންތަކަށް ތައްޔާރުވެއްޖެއެވެ.
ރާއްޖެ ވޮލީ ކްލަބުގެ ފަރާތުން ބާއްވާ ފުރަތަމަ މުބާރާތުގައި ކުރިއަށް ދަނީ އަންހެން ޑިވިޝަން އެކަންޏެވެ. އަށް ޓީމަކުން ވާދަކުރަމުންދާ އިރު، ގްރޫޕް ސްޓޭޖު ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ރޭ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިފައިވާ އިރު، ގްރޫޕް އެކެއްގެ އެއްވަނަ ހޯދީ އައިޑިއަލް މޯވްމެންޓެވެ.
އެޓީމުން ގްރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުންވެސް މޮޅުވެގެންނެވެ. އެ ގްރޫޕްގެ ދެވަނަ ރޭ އާރްބީޖީން ޔަގީންކުރި އިރު، ރެވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން (އާރްބީޖީ) އިން ވަނީ ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެފައެވެ. ބަލިވީ އައިޑިއަލް މޫވްމަންޓް ކައިރިން އެކަންޏެވެ.
އަނެއް ގްރޫޕަށް ބަލާ އިރު، އެ ގްރޫޕްގެ އެއްވަނަ ޔަގީންކުރީ އައިލެންޑް ފްރެންޑްސްއިންނެވެ. އަދި ދެވަނަ ކްލަބު ރައިސިން ސްޓާ ހޯދި އިރު، އެ ދެޓީމުންވެސް ތިން މެޗުން ދެމެޗު ކާމިޔާބުކުރިއެވެ. ކްލަބު ސްޓިލްރެޑް ތިންވަނައިގައި އޮވެ ކެޓި ނަމަވެސް، އެޓީމުންވެސް ދެމެޗު ކާމިޔާބުކުރިއެވެ.
ތިން ޓީމު ތިން މެޗުން ހަތް ޕޮއިންޓާއެކު އެއްވަރުވި އިރު، ސެޓުންވެސް އޮތީ އެއްވަރުވެފައެވެ. ތަފާތަކީ ސްކޯގެ ރޭޝިއޯއެވެ.
މިރޭ ސެމީގައި އައިޑިއަލް މޫވްމަންޓުން ކްލަބު ރައިސިން ސްޓާއާ ދެކޮޅަށް ނުކުންނާނީ 8:00 ގައެވެ. އަނެއް މެޗުގައި އާރްބީޖީން އައިލެންޑް ފްރެންޑްސްއާ ދެކޮޅަށް ނުކުންނާނީ 10:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް