ހުޅުމާލެ ފޭސްދޭއްގެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެއްކޮޓަރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތީރިޓީން (އެންޑީއެމްއޭ)އިން ބުނެފި އެވެ.

އެންޑީއެމްއޭއިން ބުނީ ހުޅުމާލެ ފޭސް 2 ހިޔާ ޓަވަރު 8 ގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި، އެ އެޕާޓްމަންޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށެވެ.

އެ ހާދިސާގައި އެޕާޓްމަންޓުގެ އެއް ކޮޓަރި އެއްކޮށް އަނދައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

"އެ ގޭގައި ދިރިއުޅޭ ހަތަރު މީހުންގެ އާއިލާއަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީން ދަނީ ކުރަމުން." އެންޑީއެމްއޭއިން ބުންޏެވެ.