ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެމީހަކު ޖަަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ޖަލަށް ލައިފައިވަނީ ނ. ވެލިދޫ / ދިލްބަހާރުގެ، އަހުމަދު އިބްރާހީމް (44އ) އަދި ނ. ވެލިދޫ / ހެޕީގާޑްން، ހުސައިން އިބްރާހީމް (39އ) އެވެ.
އޭގެ ތެރެއިން އަހުމަދު އިބްރާހިމްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާވެސް ވަނީ ކޮށްފައެވެ. އެ ދެ ދައުވާ ސާބިތުވުމާ ގުޅިގެން ކޯޓުން ވަނީ އަހުމަދު އިބްރާހިމް 28 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، 100،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ނަމަވެސް އޭނާ މި މައްސަލައާ ގުޅިގެން ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރަންޖެހޭނެ އަދަބަކީ 27 އަހަރާއި 11 މަހާއި 5 ދުވަސްކަމަށް ހުކުމްގައިވަނީ ކަނޑައަޅައިފައެވެ.
ހުސައިން އިބްރާހިމްގެ މައްޗަށް ކޮށްފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވުމުގެ ސަބަބުން ކޯޓުންވަނީ އޭނާ 25 އަހަރަށް ޖަލަށްލައި 100،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ނަމަވެސް އޭނާ ބަންދުގައި ހުރި މުއްދަތަކު އުނިކުރުމުން ތަންފީޒުކުރަންޖެހެނީ 24 އަހަރާއި 11 މަހާއި 14 ދުވަސްކަމަށް ހުކުމްގައިވަނީ ކަނޑައަޅައިފައެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް