މިފަހަގު ތާރީހުގައި ފެނުނު އެންމެ ވަރުގަދަ އެއް މިކްސް ޑަބަލްސް ޕެއާ ކަމަށްވާ ފާތިމަތު ނަބާހާ އަބްދުއް ރައްޒާގާއި ހުސައިން ޒަޔާން ޝަހީދު ޒަކީގެ ޕެއާ ބަލިކޮށް، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ނިބާލް އަހުމަދާއި އައިމިނަތު ނަބީހާގެ ޕެއާއިން ހޯދައިފިއެވެ.
މިއަދު ކުޅިވަރު އެކުވެނީގެ އިންޑޯ ކޯޓުގައި ކުރިއަށްދިޔަ އޯޕަން ފައިނަލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު ފައިނަލަކީ މިކްސް ޑަބަލްސްގެ ފައިނަލެވެ. މިދިޔަ އަށް ވަރަކަށް އަހަރު ގައުމީ ލެވަލްގެ ހުރިހާ މުބާރާތެއްގައި މިކްސް ޑަބަލްސް ޑޮމިނޭޓް ކޮށްފައި ވަނީ ރާއްޖޭގެ އެއްވަނަ ޕެއާ ޒަޔާނާއި ނަބާހާގެ ޕެއާއިންނެވެ. އެ ދުވަސްތަކުގައި ބަލިނުވެވެސް އެ ޕެއާއިން ހިފަހައްޓާލާފައިވާ އިރު، މިއަދު ނިބާލާއި ނަބީހާގެ ޕެއާއިން ފައިނަލުން މޮޅުވީ 2-1 ސެޓުންނެވެ.
ފުރަތަމަ ސެޓު ޒަޔާނާއި ނަބާހާގެ ޕެއާއިން 15-12 އިން ގެންގޮސްފައިވީ ނަމަވެސް، ދެވަނަ ސެޓު ނަބީހާއާއި ނިބާލްގެ ޕެއާއިން ވަނީ 12-15 އިން ގެންގޮސްފައެވެ. އަދި އެންމެފަހު ސެޓު އެ ޕެއާއިން ގެންދިޔައީ 11-15 އިންނެވެ.
މިފަހަރުގެ އެސޯސިއޭޝަން ކަޕް، 213 ކުޅުންތެރިންނާއެކު މިމަހުގެ ހަވަނަ ދުވަހު ފަށާފައިވާ އިރު، މިއީ 2023 ވަނަ އަހަރު ފަހުން މުބާރާތް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. އޭގެފަހުން ބެޑްމިންޓަން ހިންގުމުގެ މައްސަލަގަނޑެއްގައި ދެ އަހަރެއްހާ ދުވަސްވެގެން ގޮސްފައިވާ އިރު، މިފަހަރު މުބާރާތަކީ އާ އެކްސްކޯއިން ހަވާލުވެ ބާއްވަމުންދާ މުބާރާތެކެވެ. މިދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ބެޑްމިންޓަނަށް ބީޑަބްލިއުއެފްއިން ސަސްޕެންޝަނެއްވެސް އައިސްފައިވާ އިރު، މިހާރު ވަނީ މައްސަލަ ހައްލުވެފައެވެ.
މުޙައްމަދު ޝަމްޢޫން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން