ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 57 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ނުގަވައިދުން އުޅޭ ބިދޭސީން ހޯދަން އެކުލަވާލި ޓާސްކް ފޯސްގައި އެ މިނިސްޓްރީގެ އިތުރުން އިމިގްރޭޝަނާއި ފުލުހުންނާއި ކަމާ ގުޅޭ މިނިސްޓްރީތައް ހިމެނޭ ކަމަށެވެ.
އެގޮތުން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް 242 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އަދި 102 ތަނެއް ބަންދު ކޮށްފައިވާ ކަމަށެވެ. އަދި ބިދޭސީންނާ ގުޅޭ 409 ނުވަ ޝަކުވާ އެއް ވެސް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބަންދު ކުރި ތަންތަނުގެ ތެރެއިން 57 ތަނަކީ ނުގަވާއިދުން ހިންގަމުންދިޔަ ވިޔަފާރިތައް ކަމަށެވެ. އަދި ބަންދުކުރި ތަންތަނުގެ ތެރޭގައި 45 ސެލޫން އަދި ސްޕާ ހިމެނޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބަންދު ކުރި ތަންތަނުގެ ތެރެއިން ކުދި ކުދި މައްސަލަތަކާ ގުޅިގެން ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމުން 61 ތަން އަލުން ހުޅުވަން ހުއްދަ ދީފައިވާނެ ކަމަށެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު