ފްރާންސް ލީގުގެ މިދިޔަ ހަތަރުގެވެސް ޗެމްޕިއަން ޕީއެސްޖީން އިތުރު ލީގު ތަށްޓަކާ ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.
ޕީއެސްޖީން ރޭ އަމިއްލަ ދަނޑުގައި ސްޓޭޑް ބްރެސްޓޮއިސް (ބްރެސްޓް) ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ހަމައެކަނި ގޯލް ޖަހައިދިނީ ޑިސައިރޭ ޑޫއޭއެވެ.
ޗެމްޕިއަންސް ލީގު ތަށި ދިފާއުކުރުމަށް ފައިނަލުންވެސް ޖާގަ ހޯދާފައިވާ ޕީއެސްޖީން ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމަށް ގޯލް ޖަހަން އުނދަގޫތަކާ ކުރިމަތިވިއެވެ. ހާއްސަކޮށް ބްރެސްޓްގެ ފަހަތުން ރަނގަޅު ކުޅުމެއް ދައްކާ ހިފަހައްޓާލިއެވެ.
ދެވަނަ ހާފުގައި ޕީއެސްޖީގެ އެޓޭކުން އިތުރަށް ނުރައްކާ ކޮށްފައިވެއެވެ. ބްރެޑްލީ ބާކޯލާއާއި ގޮންސާލޯ ރާމޯސްގެ ހަމަލާރައް ފާހަގަވި އިރު، ހަމައެކަނި ގޯލް، 82 ވަނަ މިނެޓުގައި ޖަހައިދިނީ ބަދަލަކަށް ނުކުތް ޑޫއޭއެވެ.
އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ތިރީ ކަނަށެވެ.
ޕީއެސްޖީއަށް ލީގުގައި ބާކީ ދެމެޗު އޮތް އިރު، އެޓީމު އެއްވަނައިގައި އޮތީ 73 ޕޮއިންޓާއެކުގައެވެ. އެއީ ދެވަނައިގައި އޮތް ލެންސަށްވުރެ ހަ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އަދި ޕީއެސްޖީގެ ފައިދާ ގޯލްގެ ފަރަގުވެސް މާ ތަފާތު ބޮޑެވެ.
ގާތްގަނޑަކަށް ލީގު ޔަގީންވެފައި އޮތް ނަމަވެސް، ޕީއެސްޖީއަށް ސީދާ ޗެމްޕިއަނުންނޭ ބުނެވެން އޮތީ ލެންސުން ޕޮއިންޓެއް ގެއްލުވާލުމުން ނޫނީ ޕީއެސްޖީން އިތުރު ޕޮއިންޓެއް ހޯދުމުންނެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ