ހުޅުމާލޭ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ކުރުނބާ ވިލެޖާއި ހުޅުމާލެއާ ދޭތެރޭގައި އޮތް "އެމްޕެރިއޯ އެކްސްޕޯރާ" ކިޔާ ސަފާރީއެއްގައި ރޯވެގެން ހުޅުމާލެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

"ވަން" އަށް ލިބިފައިވާ ބައެއް ފޮޓޯއާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަފާރީގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ.

ހުޅުމާލެ ބޭރުގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަމުންދާއިރު، މިއަދު ވަނީ ގުޅީފަޅު ކައިރީގައި އޮތް ދޯންޏެއްގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ.