ފީފާ ވޯލްޑް ކަޕްގެ ޑިސިޕްލިނަރީ އުސޫލަށް ގެނައި ބަދަލެއްގެ ސަބަބުން، އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީއާއި އެކުއެޑޯގެ މިޑްފީލްޑަރު މޮއިސެސް ކައިސޭޑޯއަށް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުތަކުގައި ކުޅެވޭނެ ގޮތް ވެއްޖެއެވެ.
ފީފާއިން މިހާތަނަށް ރަތް ކާޑާއި ރީނދޫ ކާޑުގެ އުސޫލަށްވެސް ބަދަލު ގެނެސްފައިވާ އިރު، ސަސްޕެންޝަނުގެ މުއްދަތުތަކަށްވެސް ބަދަލު ގެނެސްފައިވެއެވެ. އިއްޔެ އިތުރު ބަދަލެއް ސަސްޕެންޝަން އުސޫލަށް ގެނެސްފައިވާ އިރު، ފީފާއިން ބުނީ ރީނދޫ ކާޑު ހަމަވެގެން ކޮލިފިކޭޝަންގެ ފަހު މެޗުގައި ސަސްޕެންޑްވެފައި ތިބި ކުޅުންތެރިން ވޯލްޑް ކަޕަށް ދާ އިރު، ކާޑު މައާފުވާނެ ކަމަށެވެ. އެހެންކަމުން ސަސްޕެންޑް ނުވެ މެޗުތައް ކުޅެވޭނެ ކަމަށެވެ.
ފީފާއިން ބުނީ އެ ބަދަލު ގެނެސްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓަށް ކޮންމެ ގައުމަކުންވެސް އެންމެ ވަރުގަދަ ފުރަތަމަ 11 ނެރުމަށް ވީހާވެސް ބޮޑަށް ޖާގަ ދޭން ކަމަށެވެ. އަދި ގްރޫޕް ސްޓޭޖުގައި މަދު މެޗުތަކެއް ކުޅޭ އިރު، އެ ސަސްޕެންޝަނަކީ އައިސްގެން ވާނެ ސަސްޕެންޝަނެއް ނޫންކަންވެސް ފާހަގަކުރިއެވެ.
ފީފާއިން ބުނީ އެގޮތަށް މައާފު ވާނެ ކާޑުތަކަކީ އެއް ރީނދޫ ކާޑުގެ އިތުރުން ދެމެޗުގައިވެސް ރީނދޫ ހަމަވެފައިވާ ނަމަ، އެ ދެ ރީނދޫ ކާޑުގެ އިތުރުން ދެވަނަ ރީނދޫ ކާޑަކާއެކު ދައްކާ ރަތް ކާޑާއި ބައެއް ހާލަތްތަކުގައި ދައްކާ ސީދާ ރަތް ކާޑުތައް ކަމަށެވެ.
ސީދާ ރަތެއްގެ ހާލަތަށް ބަލާއިރު، އެއީ ފަހު ކުޅުންތެރިޔާއަށް ގަސްދުގައި ޓެކުލްކޮށް ވައްޓާލައިގެން ހޯދި ކާޑެއް ނަމަ، ނޫނީ ޓެކުލަކަށް ދެއްކި ސީދާ ރަތެއް ނަމަވެސް، އެ ކާޑު ވޯލްޑް ކަޕަށް ނުކުންނައިރު މާފުވާނެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026