އަންނަ ޖޫން މަހު އެމެރިކާގެ އިތުރުން މެކްސިކޯ އަދި ކެނެޑާގައި ފަށާ ފީފާ ވޯލްޑް ކަޕް 2026 އާ ގުޅިގެން މިއަހަރު ސްކޫލްތައް އަވަހަށް ބަންދުކުރާނެ ކަމަށް އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކުރި ނަމަވެސް، އެއީ އަދި އެއްކޮށް ފައިނަލް ކޮށްފައިވާ ނިންމުމެއް ނޫން ކަމަށް ރައީސާ ކްލައުޑިއާ ޝެއިންބަމް ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މެކްސިކޯގެ ސެކްރެޓަރީ އޮފް އެޑިއުކޭޝަން މާރިއޯ ޑެލްގާޑޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޭޝަނަލް ކައުންސިލް އޮފް އެޑިއުކޭޝަނާއި އެހެން އިދާރާތަކުންވެސް މަޝްވަރާ ކުރުމަށް، ވޯލްޑް ކަޕާ ދިމާކޮށް، ދިރާސީ އަހަރުގެ ކިޔެވުން 40 ދުވަސް ކުރިން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
އެ ނިންމުން ނިންމީ، ވޯލްޑް ކަޕަށް ބެލުމުގެ އިތުރުން އެ ދުވަސްވަރު އާދަޔާހިލާފަށް ހޫނު ގަދަވެ، ހީޓް ވޭވްގެ އަސަރުވެސް ކުރާނެތީ ކަމަށް އެކްސްގައިވެއެވެ. އެކަން ކުރާނީ ކަރިކިއުލަމް ފުރިހަމަ ކޮށްފައި ކަމަށްވެސް ޑެލްގާޑޯ ފާހަގަކުރައްވާފައިވެއެވެ.
އެ ޕޯސްޓާ ގުޅިގެން ބެލެނިވެރިންގެ ޖަމިއްޔާއިން ވަނީ ސަރުކާރާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ވޯލްޑް ކަޕަކާ މަތިކޮށް، ކުދީންގެ ކިޔެވުމަށް އަސަރުކުރާނެ ކަހަލަ ބޮޑެތި ނިންމުންތައް ނިންމުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްކަން ފާހަގަކޮށްފައިވެއެވެ. އަދި ކިޔެވުން އެގޮތަށް ކުރުކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫންކަންވެސް ފާހަގަކޮށްފައިވެއެވެ.
އެ ފާޑުކިޔުމާއެކު ރައީސާ ކްލައުޑިއާ ވިދާޅުވީ އެއީ އަދި އެއްކޮށް ފައިނަލް ކޮށްފައިވާ ނިންމުމެއް ނޫން ކަމަށާއި، އެކަމަކީ އެޑިއުކޭޝަން ސެކްޓާއިން އައި ޕްރޮޕޯސަލެއް ކަމަށެވެ. މެކްސިކޯއަކީ ފުޓުބޯޅައަށް ލޯބިކުރާ އާބާދީއެއް ނަމަވެސް، އެކަހަލަ ބޮޑު ނިންމުމެއް ނިންމާނީ ކިޔަވާ ކުދީންގެ މަސްލަހަތަށް ބަލައިގެން ކަމަށް ރައީސާ ވިދާޅުވިއެވެ.
މިއީ މެކްސިކޯއިން ވޯލްޑް ކަޕް ހޯސްޓް ކުރާ ތިންވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ވޯލްޑް ކަޕް ހޯސްޓް ކުރީ އެކަންޏެވެ. އެއީ 1970 ގެ އިތުރުން 1986 ވަނަ އަހަރުއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026