ޕްރޮފެޝަނަލް ރައިޓާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ދޭ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު، މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ހޯދައިފިއެވެ.
މިފަހަރު ޕީއެފްއޭ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ފެނާންޑޭޒް ހޮވިފައިވާ އިރު، އަންހެން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މެންޗެސްޓާ ސިޓީގެ ފޯވަޑް، ހަދީޖާ ޝޯއެވެ.
ފެނާންޑޭޒް މި ސީޒަނުގެ މިހާތަނަށް ލީގުގައި އަށް ގޯލް ޖަހައި، 19 އެސިސްޓް ފުރިހަމަ ކޮށްފައިވެއެވެ. ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ފުރިހަމަކުރުމުގެ ރެކޯޑު މީގެ ކުރިން ހަދާފައިވާ ކެވިން ޑި ބްރޭނާއާއި ތިއަރީ އޮންރީގެ އަދަދަކީ 20 އެސިސްޓެވެ. ލީގުގައި ބާކީ ތިން މެޗު އޮތް އިރު، ފެނާންޑޭޒްއަށް އެ ރެކޯޑު މުގުރާލުމަށް ފުރުސަތު އެބައޮތެވެ.
އުމުރުން 31 އަހަރުގެ ޕޯޗުގަލް ތަރި ފެނާންޑޭޒްގެ ބޮޑު ހިއްސާއަކާއެކު މެދުކެނޑުމަކަށްފަހު ޔުނައިޓެޑުން ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ލީގު ބުރުން ޖާގަ ޔަގީން ކޮށްފައެވެ.
މައިކަލް ކެރިކް ކޯޗުކަމާ ހަވާލުވިފަހުން ތަފާތު ވަރުގަދަ ފޯމެއްގައި ޔުނައިޓެޑުން ކުޅެމުންދާ އިރު، މިވަގުތު އޮތީވެސް ތިންވަނައިގައެވެ.
ފެނާންޑޭޒް ވެފައި ވަނީ 2010 ވަނަ އަހަރު ވޭން ރޫނީގެ ފަހުން ޕީއެފްއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔުނައިޓެޑްގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މިފަހަރު ޕީއެފްއޭ އެވޯޑުގެ ދެވަނަ މަގާމު ހޯދީ އާސެނަލްގެ ޑެކްލަން ރައިސްއެވެ. ތިންވަނައިގައި އޮތީ މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް