ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕް އިއްޔެ ކުޅިވަރު އެކުވެނީގެ އިންޑޯ ބެޑްމިންޓަން ކޯޓުތަކުގައި ފަށައިފިއެވެ.
މިފަހަރުގެ އެސޯސިއޭޝަން ކަޕް، 213 ކުޅުންތެރިންނާއެކު އިއްޔެ ފަށާފައިވާ އިރު، މިއީ 2023 ވަނަ އަހަރު ފަހުން މުބާރާތް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. އޭގެފަހުން ބެޑްމިންޓަން ހިންގުމުގެ މައްސަލަގަނޑެއްގައި ދެ އަހަރެއްހާ ދުވަސްވެގެން ގޮސްފައިވާ އިރު، މިފަހަރު މުބާރާތަކީ އާ އެކްސްކޯއިން ހަވާލުވެ ބާއްވަމުންދާ މުބާރާތެކެވެ. މިދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ބެޑްމިންޓަނަށް ބީޑަބްލިއުއެފްއިން ސަސްޕެންޝަނެއްވެސް އައިސްފައިވާ އިރު، މިހާރު ވަނީ މައްސަލަ ހައްލުވެފައެވެ. އެގޮތުން މިފަހަރުގެ މުބާރާތް ވަނީ ބަޖެޓްގައި ހިމަނައި، ކަލަންޑަރުގައިވެސް ހިމަނާފައެވެ.
ޖުމުލަ ހަ ދުވަހަށް ކުރިއަށްދާ މުބާރާތުގައި ބައިވެރިވުމަށް 28 އިވެންޓަކަށް 296 އެންޓްރީ ހެދިއެވެ. އެހެން ނަމަވެސް އަތޮޅު ތެރޭގެ އެކަޑެމީތަކުގައި ތަމްރީނުވަމުންދާ ކުޅުންތެރިންނަށް މުބާރާތް ކުޅުމަށް އުނދަގޫތަކާ ދިމާވީ ސްކޫލް ދުވަސްވަރު މުބާރާތް މާލޭގައި ބޭއްވުމުގެ ސަބަބުންނެވެ. އެކަން ވަނީ ބައެއް އެކަޑެމީތަކުން ފާހަގަވެސް ކޮށްފައެވެ.
މިފަހަރުގެ މުބާރާތުގައި 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާގެ އިތުރުން، އޯޕަން ކެޓަގަރީ ވަނީ ހިމަަނައިފައެވެ.
މުޙައްމަދު ޝަމްޢޫން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން