ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދ. ކުޑަހުވަދޫގެ ރައްޔިތުންގެ އަމިއްލަ ގޯތީގައި އިމާރާތްކުރާ 50 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ބިން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ ހައުންސިން އެންޑް އާބަން ޑިވެލޮޕްމަންޓް އާ ހަވާލުކުރަން ފަށައިފިއެވެ.
ހައުސިން ޔުނިޓް ހަދަން ސަރުކާރުން ވައުދުވެފައިވާ ރަށްރަށުގައި، ރައްޔިތުން ބޭނުން ނަމަ އެ މީހެއްގެ އަމިއްލަ ގޭގައި ހައުސިން ޔުނިޓް ހަދައިދޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ އިއުލާނުކުރައްވައިފައެވެ.
އަމިއްލަ ގޯއްޗެއް ލިބި، އެ ތަނުގައި އިމާރާތެއް ހެދުމުގެ ތަނަވަސްކަން ނެތް ނަމަ، އެ މީހަކަށް އަމިއްލަ ގޯތީގައި ސަރުކާރުން ހައުސިން ޔުނިޓް ހަދައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ހައުސިން މިނިސްޓްރީން މިއަދު ހިއްސާކުރި ވީޑިއޯ ރިޕޯޓުގައި ބުނީ މިހާރު ކުރިޔަށްދަނީ ކުޑަހުވަދޫގެ ރައްޔިތުންގެ އަމިއްލަ ގޯތީގައި އިމާރާތްކުރާ 50 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ބިން ސަރުކާރާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކަމަށެވެ.
"ވަކި އަމިއްލަ ބިމެއް ލިބި. ވަކި ގެދޮރެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބިގެންދާނެ. ވަރަށް ގިނަ ދުވަހުގެ އުންމީދަކަށް ނިމުމެއް އައި ކަމަށް ގަބޫލުކުރަނީ. ގެތަށް އެޅިގެން ދާއިރު ދިރިއުޅުމުގެ ދަތިކަން ދިމާވެފައިވާ ގިނަ އާއިލާތަކަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ، މި ޕްރޮޖެކްޓާއެކު،" ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ އެ މަޝްރޫއުުގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ ހައުސިން ޔުނިޓް ގާއިމްކުރުމަށް ވަނީ ނިންމައިފައެވެ. އެ މަޝްރޫއު ހިންގުމަށް ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ ފާއިތުވި އަހަރުގެ ނޮވެމްބަރު ހައެއް ގައެވެ.
ފާތިމަތު ލިއުޝާ
ދ. ކުޑަހުވަދޫ
ދ. ކުޑަހުވަދޫ
ދ. ކުޑަހުވަދޫ
ދ. ކުޑަހުވަދޫ