ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް ބޭނުން ކުރާނެ އެޕްލިކޭޝަން އެޕް ސްޓޯރުން މިހާރު އެޕްރޫވްކޮށްފައިވާ ކަމަށާއި އަންނަ ހަފުތާގައި އެ އެޕްލިކޭޝަން ޑައުންލޯޑުކޮށް، ބޭނުންކުރެވޭނެ ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށީ މިދިޔަ މަހުގެ 2ގައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ޓެކްސީ ލައިންގެ ހިދުމަތް ބޭނުންކުރާ ރައްޔިތުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ. އެހެންވެ ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ވެސް ރަނގަޅު ކުރަމުން އަންނަ ކަމަށެވެ.
އެމްޓީސީސީއާ ހަވާލާ ދެއްވައި ސައީދު ވިދާޅުވީ ކާރު ހޯދަން ގުޅައިގެން ކާރު ލިބުމާ ހަމައަށް އެވްރެޖުކޮށް 8.4 މިނެޓު ހޭދަވާ ކަމަށާއި ކޮންމެ ދަތުރެއްގެ ދިގުމިނަށް އެވްރެޖްކޮށް 12.2 މިނެޓު ހޭދަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޓެކްސީ ލައިން އެޕްލިކޭޝަން މިހާރު އެޕަލް ސްޓޯރުން އެޕްރޫވްކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެޕަލް ފޯނު އަދި އެންޑްރޮއިޑް ގެންގުޅޭ ފަރާތްތަކަށް ވެސް އެޕް ސްޓޯރުން އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
"އެޕްލިކޭޝަނެއް މިހާރު އެޕްރޫވް ކޮށްފައި ވަނީ. އިރާދަކުރެއްވިއްޔާ މި ވީކް ތެރޭގައި ނުވަތަ މި އަންނަ ހަފްތާ ތެރޭގައި އެޕްސްޓޯރުން އެޕްލިކޭޝަން އެޕްރޫވް ވެގެން ޑައުންލޯޑް ކުރެވޭ ހިސާބަށް ދާނެ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ މަހުގެ 13 އިން 18އަށް 11،128 ދަތުރު ކުރި ކަމަށާއި ހިދުމަތް ފެށި ދުވަހުން ފެށިގެން މިހާތަނަށް އެ ހިދުމަތް ހޯދާ މީހުންގެ ނިސްބަތް 50 އިތުރުވެފައިވާ ކަމަށެވެ އަދި ވެބް ޕޯޓަލް ލޯންޗުކުރި ފަހުން، މިދިޔަ މަހުގެ 18 އިން މި މަހުގެ 1އަށް 7،251 ދަތުރު ކޮށްފައިވާ ކަމަށެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު